އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް، އަބުދު ﷲ ޔާމިން ރާއްޖޭގެ ވެރިކަން ކުރެއްވިކަން އެއީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ނަސީބު ކަމަށް ޕީޕިއެމްގެ ނާއިބް ރައީސް، އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީޕިއެމްގެ ނާއިބް ރައީސް، އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިހެން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރި ރަންވޭއާއި އާ ސީޕްލޭން ޓާމިނަލް މިއަދު ހުޅުވުމާއި ގުޅިގެން އެކަމަށް އިޝާރަތް ކުރަށްވަމުންނެެވެ. ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، 2013 އިން 2018 އަށް ކުރީގެ ރައީސް އަބުދު ﷲ ޔާމިން ރާއްޖޭގެ ވެރިކަން ކުރެއްވި ކަން އެއީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ނަސީބު ކަމަށެވެ.
އެހެންނޫންނަމަ މިއަދު ވެރިކަމުގައި ހުންނަވާ ދަތުރު ކުރެއްވުން ފިޔަވައި ރައީސް ސާލިޙު ކުރައްވާނެ އިތުރުކަމެއް ނޯންނާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"ރެބަން އެ ކަނޑުއްވަނީ މުޅިންވެސް ރައީސް ޔާމިން ފަައްޓަވާ ނިއްމަވާފައި ހުރިކަންކަން،" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް މިހެން ވިދާޅުވެފައިވާއިރު ރައީސް ޔާމީންގެ ސަރުކާރުގައި އެއާޕޯޓްގެ އާ ރަންވޭ އަޅާ ނިންމާ، އޭ 380 ގެ މަތިންދާ ބޯޓުވެސް އެތަނަށް ވަނީ ޖައްސާފައެވެ. އާ ރަންވޭ އާއި ސީޕްލޭން ޓާމިނަލް ހުޅުވާފައިމިވަނީ ރައީސް ޔާމިންގެ ސަރުކާރުގައި އަޅާފައިވާ އާ ސީޕްލޭން ޓާމިނަލާއި ރަންވޭ ހުޅުވުން ލަސްވާތީ އިދިކޮޅުގެ ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެެ.
އެއާޕޯޓް ތަރައްގީކުރުމަށް ކުރީ ސަރުކާރުން ފެށި މަޝްރޫއުގެ ބައެއް މަސައްކަތްތައް ބޮޑެތި ބަދަލު ތަކާއެކު މި ސަރުކާރުން ވެސް ގެންދަނީ ފުރިހަމަ ކުރަމުންނެވެ. އޭގެތެރޭގައި އެއާޕޯޓުގެ އައު ޓާމިނަލް ހިމެނެއެވެ.

2013 އިން 2018 އަށް ރައީސް ޔާމީން ރާއްޖޭގެ ވެރިކަން ކުރެއްވިކަން އެއީ @ibusolih ގެވެސް ނަސީބު. އެހެންނޫންނަމަ މިއަދު ވެރިކަމުގައި ހުންނަވާ ދަތުރު ކުރެއްވުން ފިޔަވާ ކުރައްވާނެ އިތުރުކަމެއް ނޯންނާނެ. ރިބަން އެކަނޑުއްވަނީ ހުސް @prz_ymn ފައްޓަވާ ނިންމަވާފައިހުރި ކަންކަން. pic.twitter.com/SQJ8bIXAs5
— Ahmed Shiyam (@Shiyamaldives) October 6, 2022
"ރެބަން އެ ކަނޑުއްވަނީ މުޅިންވެސް ރައީސް ޔާމިން ފަައްޓަވާ ނިއްމަވާފައި ހުރިކަންކަން،" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް މިހެން ވިދާޅުވެފައިވާއިރު ރައީސް ޔާމީންގެ ސަރުކާރުގައި އެއާޕޯޓްގެ އާ ރަންވޭ އަޅާ ނިންމާ، އޭ 380 ގެ މަތިންދާ ބޯޓުވެސް އެތަނަށް ވަނީ ޖައްސާފައެވެ. އާ ރަންވޭ އާއި ސީޕްލޭން ޓާމިނަލް ހުޅުވާފައިމިވަނީ ރައީސް ޔާމިންގެ ސަރުކާރުގައި އަޅާފައިވާ އާ ސީޕްލޭން ޓާމިނަލާއި ރަންވޭ ހުޅުވުން ލަސްވާތީ އިދިކޮޅުގެ ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެެ.
އެއާޕޯޓް ތަރައްގީކުރުމަށް ކުރީ ސަރުކާރުން ފެށި މަޝްރޫއުގެ ބައެއް މަސައްކަތްތައް ބޮޑެތި ބަދަލު ތަކާއެކު މި ސަރުކާރުން ވެސް ގެންދަނީ ފުރިހަމަ ކުރަމުންނެވެ. އޭގެތެރޭގައި އެއާޕޯޓުގެ އައު ޓާމިނަލް ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު