އަންނަ އަހަރު 43 ރަށެއްގައި މެޑިކަލް ޑިޓޮކްސިފިކޭޝަން ޕްރޮގުރާމް ފަށާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އަންނަ އަހަރު 43 ރަށެއްގައި މެޑިކަލް ޑިޓޮކްސިފިކޭޝަން ޕްރޮގުރާމް ހިންގުމަށް ރާވާފައިވާ ކަމަށެވެ. އަދި 43 ރަށުގައި މެޑިކަލް ޑިޓޮކްސިފިކޭޝަން ޕްރޮގުރާމް ފެށިގެން ދިޔުމުން މުޅި ރާއްޖެއަށް ބަހާލައިގެން އެ ފަރުވާގެ ޚިދުމަތް ލިބިގެންދާނެ ކަމަަށް މިއުވާން ވިދާޅުވިއެވެ.

"މާލެއަށް ބަރޯސާވެފައި އޮތް އޮތުން އޭގެ ސަބަބުން ނިމުމަކަށް އަންނާނެ، ދެން ހުރިހާ ހެލްތު ކެއާ ފެސިލިޓީތަކެއްގައި ޚާއްސަ ގޮތެއްގައި ސިއްހީ ދާއިރާއަަށް އަންނަ މި ބޮޑު ބަދަލާ އެއްކޮށް މެޑިކަލް ފެސިލިޓީސްތަކުން ޑްރަގަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުން ދުރު ރާސްތާ ޕްލޭނަކީ. އިރާދަކުރެއްވިޔާ އެކަން އެގޮތަށް ހަމަޖެހިގެންދާނެ." މިއުވާން ވިދާޅުވިއެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ ޑްރަގު ފަރުވާ ސިއްހީ ފަރުވާއެއްގެ ގޮތަށް ދިނުމަށް ނޭޝަނަލް ޑްރަގު އެޖެންސީގެ ހިންގުން ހަރުދަނާކުރުމަށް ނިންމާފައިވާ ކަމަށެވެެ. އެގޮތުން އެތަނުން ދޭ ފަރުވާގެ ނިޒާމަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު