ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބަޙްރައިންއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެ ދެކަނބަލުންގެ ޝަރަފުގައި ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާ ރަސްމީ ޖާފަތެއް ބާއްވަވައިފިއެވެ.

މި ޖާފަތް ބާއްވާފައިވަނީ މިއަދު މެންދުރު ބަޙްރައިންގެ މަނާމާގައި ހުންނަ އަލް-ގުދައިބިއްޔާ ޕެލަސްގައެވެ.

ބަޙްރައިނާއި ދިވެހިރާއްޖެއާ ދެމެދު މިއަދު ހަތަރު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާއިރު، ދެ ޤައުމުގެ އިސް ވެރިންގެ މެދުގައި ރަސްމީ ވާހަކަތައް ކުރިއަށް ގެންދަވާފައި ވެއެވެ. ރައީސުލްޖޫމްހޫރިއްޔާ ވަނީ ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާއާ ވަކިން ބައްދަލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި އެމަނިކުފާނުގެ އަނބިކަނބަލުން ބަޙްރައިންއަށް ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ މި ދަތުރުފުޅަކީ ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު