ސިފައިންގެ ފްލެޓްތަކުގެ މަސައްކަތް ހިނގާގޮތް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ބައްލަވާލައްވައިފިއެވެ.
ރައީސް ވަހީދުގެ ވެރިކަމުގައި އިމާރާތްކުރަން ފެށި ސިފްކޯ ހިޔާ 330 ފުލެޓް އިމާރާތުގެ އަމަލީ މަސައްކަތް ދިގު މުއްދަތަކަށް ހުއްޓިފައި ވަނިކޮށް، އެޕްރޮޖެކްޓްގެ އަމަލީ މަސައްކަތް އަލުން ފަށާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސާލިހު ޚާއްސަ އިސްކަމެއް ދެއްވައިގެންނެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މިނިސްޓަރ މާރިޔާ ސިފައިންގެ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓް “ސިފްކޯ ހިޔާ” ފުލެޓްތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް މިއަދު ހުޅުމާލޭ ސިފްކޯ ހިޔާ ފުލެޓް ސައިޓަށް ވަޑައިގަތްކަމަށެވެ. އަދި މިނިސްޓަރާއެކު ސިފައިންގޭގެ ލީޑަރޝިޕްގެ އިސްބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިކަމަށް ޑިފެންސް މިނިސްޓްރިން ބުނެއެވެ.
ޑިފެންސް މިނިސްޓަރ މާރިޔާ ގެންދަވަނީ ސިފައިންގެ ފްލެޓްތަކުގެ މަސައްކަތް ވަރަށް ގާތުން ބައްލަވަމުންނެވެ. އަދި ވަރަށް އަވަހަށް އެ ފްލެޓްތަކުގެ މަސައްކަތް ނިންމާ ހަވާލުކުރެވޭނެކަމަށް ސަރުކާރުން ބުނެއެވެ.

ސިފައިންގެ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓް “ސިފްކޯ ހިޔާ” ފުލެޓްތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް، މިނިސްޓަރ @MariyaDidi މިއަދު ހުޅުމާލޭ ސިފްކޯ ހިޔާ ފުލެޓް ސައިޓަށް ވަޑައިގަތް. މިނިސްޓަރާއެކު @MNDF_Official ގެ ލީޑަރޝިޕްގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި. pic.twitter.com/ySwUFwTnmp
— Ministry of Defence (@MoDmv) October 6, 2022
ޑިފެންސް މިނިސްޓްރީން ބުނީ މިނިސްޓަރ މާރިޔާ ސިފައިންގެ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓް “ސިފްކޯ ހިޔާ” ފުލެޓްތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް މިއަދު ހުޅުމާލޭ ސިފްކޯ ހިޔާ ފުލެޓް ސައިޓަށް ވަޑައިގަތްކަމަށެވެ. އަދި މިނިސްޓަރާއެކު ސިފައިންގޭގެ ލީޑަރޝިޕްގެ އިސްބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިކަމަށް ޑިފެންސް މިނިސްޓްރިން ބުނެއެވެ.
ޑިފެންސް މިނިސްޓަރ މާރިޔާ ގެންދަވަނީ ސިފައިންގެ ފްލެޓްތަކުގެ މަސައްކަތް ވަރަށް ގާތުން ބައްލަވަމުންނެވެ. އަދި ވަރަށް އަވަހަށް އެ ފްލެޓްތަކުގެ މަސައްކަތް ނިންމާ ހަވާލުކުރެވޭނެކަމަށް ސަރުކާރުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު