ރާއްޖެއާއި ބަހްރައިނުން މުހިއްމު 5 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ބަހްރައިނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ޝާހީ ގަނޑުވަރުގައި ބޭއްވި މަޝްވަރާތަކަށްފަހުއެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ދެ ގައުމުގެ ހާރިޖިއްޔާއިން ކުރި ޕޮލިޓިކަލް ކޮންސަލްޓޭޝަން އެމްއޯޔޫ އާއި ޑިޕްލިމެޓިކް ޓްރެއިނިންގ އާއި މައުލޫމާތު ބަދަލުކުރުމުގެ އެމްއޯޔޫ ހިމެނެއެވެ. މީގެއިތުރުން ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމާއި ގުޅޭ އެމްއޯޔޫއަކާއި ތިމާވެށީގެ މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރުމާއި ގުޅޭ އެމްއޯޔޫއެއް ހިމެނެއެވެ.
މި ރަސްމިއްޔާތުގައި އިތުރު 2 އެއްބަސްވުމެއްގައި ސޮއިކުރާނެކަންވެސް އިއުލާންކުރިއެވެ.
ރައީސުލްޖުމްހޫރިއްޔާ ބަހްރައިނަށް ކުރައްވާ ދަތުރުފުޅުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއާއި، ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް އާއި އެންވަޔަރަމެންޓް މިނިސްޓަރ އާމިނަތު ޝައުނާ ބައިވެރިވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު