ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމްގެ ކަރަންޓު ބިލަށް ދައްކަންޖެހޭ 6 މިލިއަން ރުފިޔާ ނުދައްކާކަން ހާމަވެެއްޖެ އެވެ.

"ރަސް އޮންލައިން" އަށް ވަރަށް މުއުތަބަރު ފަރާތަކުން މައުލޫމާތު ލިބިފައިވާގޮތުގައި އެފްއޭއެމްގެ ކަރަންޓް ބިލަށް ދައްކަންޖެހޭ 6 މިލިއަން ރުފިޔާ ނުދައްކައިގެން އެ ފައިސާ ދެއްކުމަށް ސްޓެލްކޯއިން މިހާރު ވަނީ އެފައިސާ ދައްކަން އަންގާފައެވެ. އެ ބިލުތަކަށް އަންނަ އާދިއްތަ ދުވަހުގެ ކުރިން ފައިސާ ނުދައްކައިފިނަމަ ކަރަންޓުގެ ހިދުމަތް ކަނޑާލާނެ ކަމުގެ އެންމެފަހުގެ އިންޒާރު ސްޓެލްކޯއިން މިހާރު އެފްއޭއެމަށް ދީފައިވާކަން ރަސްއޮންލައިނަށް ވަނީ މައުލޫމާތު ލިބިފައެެެވެ.

ޗަމްޕާ މުހައްމަދު މޫސާ، އުއްޗުއާއި ސަރުކާރު ހިއްސާވާ ދެކުންފުންޏަކުން ދިވެހި ގައުމީ ޓީމަށް މީގެ އަހަރެއްހާ ދުވަސްކުރިން ދިން ފައިސާ އެފްއޭއެމުން ގައުމީ ޓީމަށް ނުދީ ހިފަހައްޓާފައިވާ މައްސަލައެއް ވެސް ދާދިފަހުން ވަނީ ފެންމަތިވެފައެވެ.

އެފްއޭއެމްގެ ކަރަންޓު ބިލުތައް ނުދައްކާ ހުރިކަން ހާމަވެފައިވާއިރު ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ކަރަންޓު ބިލުތަކަށް 80 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ ހުރެގެން އެ ބިލުތައް ނުދައްކައިފި ނަމަ ހިދުމަތް ކަނޑާލާނެ ކަމުގެ އެންމެފަހުގެ އިންޒާރު ވެސް ސްޓެލްކޯއިން ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު