މާލެ ސިޓީ އަކީ އެކަކު އަނެކަކަށް އަޅާލާ "ކެއަރިންގ" ސިޓީ އަކަށް ހެދުމަށް އެންމެން މަސައްކަތް ކުރަންޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެެއްޖެއެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވީ މާލެ އަކީ ހުރިހާ ފަރާތްތަކަށް ވެސް ދިރިއުޅެން ފަހި ދިރިއުޅެން މަރުހަބާކިޔާ "އިންކްލޫސިވް" ސިޓީ އަކަށް ހެދުމަކީ އެންމެން އެއްކޮށް މަސައްކަތްކޮށްފި ނަމަ ހާސިލް ކުރެވޭނެ ކަމެއް ކަމަށެވެ. އަދި އެކަކު އަނެކަކަށް އަޅާލައި އެހީތެރިކަންދޭ މުޖްތަމައަކަށް މާލެ ހަދަން މަސައްކަތް ކުރުމަށް ޑރ. މުއިއްޒު ވަނީ ގޮވާލައްވާފައެވެ.



މާލެ ސިޓީ އަކީ އެކަކު އަނެކަކަށް އަޅާލާ "ކެއަރިންގ" ސިޓީ އަކަށް ހެދުމަށް މޭޔަރު ގޮވާލައްވާފައިވާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލުން މުއައްސަސާތަކާއެކު މަޝްވަރާކުރުމުގެ ގޮތުން އިއްޔެ ވަނީ ކެއަރ ސޮސައިޓީއާ އެކު މަޝްވަރާ ބައްދަލުވުމެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުމުގައި މޭޔަރު މުޢިއްޒު ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކައުންސިލުން ކޮށްދެވޭނެ ކަންކަމާއި މެދު މަޝްވަރާކުރައްވައި އެފަދަ ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ސަންބޯ

07-Oct-2022

މުއިއްޒައް އަދިކިރިޔާ ކެއަރިންގ ސިޓީ ކިޔަން އެނގުނީ. މުއިއއޒު ނުބުނާނަމަ ނޭންގޭނެތާ ދޯ.



ޓްރެންޑިން