ރިސޯޓްތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުން އޭސީ ކޮޓަރިތަކުގައި ނިންދަވައި، ސާފު ފެނުން ފެންވެރޭ ގޮތް ހައްދަވައި، ސްޕީޑް ބޯޓު ފަހަރުގައި މުވައްޒަފުންނަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސެވީ ވިލާ ގުރޫޕްގެ ބާނީ ޤާސިމް އިބްރާހިމް ކަމަށް އިނަމޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު މިއަދު ވިދާޅުވެއްޖެއެެވެ.

އިނަރމޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު މިހެން ވިދާޅުވީ ވިލާ ގުރޫޕްގެ ބާނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޓޫރިޒަމް ދާއިރާއަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަން ކުރަށްވައި ކުރެއްވި ޓުވީޓެެއްގައެެެވެ. ފިރާގު ވިދާޅުވީ ކަން އޮތް ގޮތަށް ހަގީގަތަށް ދެންނެވުމަކީ މައްސަލައެއް ނޫން ކަމަށާއި ބަޔަކު ނަފުރަތު ކުރިޔަސް، ރިސޯޓްތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުން އޭސީ ކޮޓަރިތަކުގައި ނިންދަވައި، ސާފު ފެނުން ފެންވެރޭ ގޮތް ހައްދަވައި، ސްޕީޑް ބޯޓު ފަހަރުގައި މުވައްޒަފުންނަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސެވީ ޤާސިމްގެ ވިލާ ހޮޓެލްސްގެ ދަށުން ހިންގާ ރިސޯޓްތަކުގައި ކަމަށެވެ.

އޭގެ ސަބަބުން އެހެން ރިސޯޓްތަކަށް ދިވެހި މުވައްޒަފުން ހޯދަން ދަތިތައް ކުރިމަތިވެ އެޚިދުމަތްތައް ދޭން މަޖުބޫރު ވިކަމަށް ވެސް ފިރާގު ވިދާޅުވިއެެވެ.



ފިރާގުގެ ވާހަކަތަކަށް ތާއިދު ކުރައްވަމުން ޖުމުހޫރީ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު ވިދާޅުވީ، ރާއްޖޭގެ ޓުއަރިޒަމަށް ބޮޑު އިންގިލާބެއް ގެނެސްދެއްވައި އެހެން ދާއިރާތަކުން ވެސް ވިޔަފާރީގައި "ޗެމްޕިއަންކަން" ހޯއްދަވާފައިވާ މޭސްތިރިއަކީ ޤާސިމް ކަމަށެވެ. އަދި މި ހަގީގަތް ޤަބޫލުކުރައްވަން ބައެއް މީހުން ބޭނުން ނުވި ކަމުގައި ވިޔަސް ތާރީޚު ބަދަލު ނުކުރެވޭނެ ކަމަށް ސައުދު ވިދާޅުވިއެވެ.



ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް، ސަރުކާރުން ދޭ، އެވޯޑް އޮފް ދި އެކްސެމްޕްލަރީ ކޮންޓްރިބިއުޝަން ފޯރ ދި މޯލްޑިވްސް ޓުއަރިޒަމް، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ޤާސިމް އިބްރާހިމަށް ސަރުކާރުން ވަނީ އަރުވާފައެވެެ. ޤާސިމަށް، މި އެވޯޑް އެރުވީ، ދިވެހި ފަތުރުވެރިކަމުގެ ރަން އަހަރުގެ ގާލާ ހަވީރުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

1986 ވަނަ އަހަރު ޓުއަރިޒަމްގެ ވިޔަފާރީގެ ތެރެއަށް ވެންނެވި ގާސިމް ވަނީ 10 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގައި އެންމެ ޒަމާނީ އެންމެ ބޮޑެތި ރިޒޯޓްތައް ތަރައްގީކުރަށްވައި ހިންގަވާ އަދި އެންމެ އެނދުގިނަ އެއް ކުންފުނި އޮޕަރޭޓް ކުރައްވާ ރިޒޯޓް އޯނަރަކަށް ވެވަޑައިގެންފައެވެ.

އެމަނިކުފާނު ހިންގަވަމުން ގެންދަވާ ރިސޯޓުތަކުގެ ތެރޭގައި ސަން އައިލެންޑް ރިސޯޓު، ޕެރަޑައިސް އައިލެންޑް ރިސޯޓު، ރޯޔަލް އައިލެންޑް ރިސޯޓު އަދި ހޮލިޑޭ އައިލެންޑް ރިސޯޓާއި ފަން އައިލެންޑް ރިސޯޓު ހިމެނެއެވެ. ރާއްޖޭގެ މަޝްހޫރު ވިޔަފާވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް އިބްރާހިމަކީ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާއެވެ.

ވިލާ ގްރޫޕްގެ ޗެއާމަން، ގާސިމަކީ "ފްލައި މީ" ގެ ނަމުގައި ރާއްޖޭގައި އަމިއްލަ އެއާލައިނެއް ހިންގަވާ ވެސް ބޭފުޅެކެވެ.

އޮނަރަބަލް ޤާސިމް އިބްރާހީމަކީ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ދިވެހި ދަރިންގެ މަތީ ތަޢުލީމަށް އެންމެ ބޮޑު ހޭދައެއް ކުރެއްވުމުވެ ޝަރަފުވެރި މަގާމު ހާސިލުކުރަށްވައި ރާއްޖޭގައި ބޭސް ފަރުވާގެ ހިލޭ ސްކީމެއް ނެތްއިރު އަހަރަކު އެތައް ހާސް ދިވެހި ރައްޔިތުންނަށް ރާއްޖެއިން ބޭރުން ހިލޭ ބޭސްފަރުވާ ކޮށްދެއްވައި އަދި އިޖުތިމާއީ އެތައް ރޮނގަކުން ދިވެހި ރައްޔިތުންނަށާއި ދިވެހި ގައުމަށް، އަގު ނުކުރެވޭ ވަރުގެ ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން