މިދިޔަ އަހަރުގެ މި ދުވަސްވަރާ އަޅާ ބަލާއިރު ރާއްޖޭގައި ޑެންގީ، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ވޭތުވެ ދިޔަ އަހަރުގެ މިދުވަސްވަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އެ ބަލިތައް ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ މަހު އަރިދަފުސް ރޯގާ 33،584 މީހަކަށް ޖެހުނުކަން ރެކޯޑް ކުރެވިފައިވާ ކަމަށާއި، އަދި ޑެންގީ ހުން 229 މީހަކަށް ޖެހުނުކަން ރެކޯޑް ކުރެވިފައިވާއިރު ބޭރަށް ހިންގުމާއި ހޮޑުލުމުގެ 3،533 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭއިން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބު ތަކުން ދައްކައެެވެ.

މީގެއިތުރުން މިދިޔަ މަހު ވައިރަލް ހުން، ލޮލުރޯގާ، ފާނަބަސަންދު، އަދި ހޭންޑް ފުޑް އެންޑް މައުތު ޑިޒީސް ފަދަ ބަލިތައް އާއްމުކޮށް އުޅޭ މިންވަރަށް ވުރެ އިތުރުވެފައިވާ ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.

އެޗްޕީއޭއިން ވަނީ މި ދުވަސްވަރު ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން އިތުރު ކުރުމަށާއި، ކެއްސާ، ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ޓިޝޫއަކުން ނިވާކުރުމަށާއި، ނިވާކުރުމަށް ޓިޝޫ އެއް ނެތްނަމަ، ތިމާގެ މުލައްދަނޑިން އަތާއި، އަނގަޔާ ނޭފަތް ނިވާވާގޮތަށް ހުރަސް ކުރުމަށް އިލްފިމާސް ކޮށްފައެވެ. މީގެއިތުރުން ހުން އައިސް ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެޗްޕީއޭއިން ވަނީ ނަސޭހަތްތެރިވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން