ޒަހީނުއްދީން ސަޢީދު   6 އޮކްޓޯބަރު 2022 - 0:17
ޤަވާއިދާއި ޚިލާފަށް ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކެއްގެ ރަޖިސްޓްރީ ޓްރާންސްޕޯޓް މިނިސްޓްރީން ބާތިލުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ 98 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލުކޮށްފައިވާ ކަމަށެވެ. މި ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލުކުރީ ޤަވާއިދާއި ޚިލާފަށް ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކެއްކަން ފާހަގަކުރެވިފައިވާތީ ކަމަށް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ރަޖިސްޓްރީ ބާތިލް ކުރި ވެހިކަލުތަކުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ ޢުމުރު ހަމަވެފައިވާ ވެހިކަލްތަކާއި، އަދި ގަވާޢިދާ ޚިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ ވެހިކަލްތައް ހިމެނޭ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ މަހުގެ ފަހުކޮޅު ވަނީ 50 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލުކޮށް އެކަން އިއުލާންްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

އޭބީ

08-Oct-2022

މިކަމުން ސާބިތުވަނީ މިނިސްޓްރީން ގަވައިދާހިލާފައްވެސް ރަޖިސްޓާ ކުރެވޭކަން ދޯ? މިހާރު މިގައުމުގަ ލާރި އޮތިއްޔާ އެވްރީތިން ޕޮސިބަލް ހޭހޭހޭ.


5

މުހައްމަދު

08-Oct-2022

މިހާރު ނުދެވެހި ހުރި ހުރިހާ ގައުމަކަށް ރަޖިސްޓްރީ ބާތިލު ކުރުމާއި ބެހޭ ކަންކަން ކުރާނެ ގޮތާއި ބެހޭ މަޝްވަރާ އެމްއޯޔޫ އެއްގައި ސޮއިކުރަން ވަޒީރު އާއި އެހީތެރިޔާ ދާންފެނޭ.



ޓްރެންޑިން