ޒަހީނުއްދީން ސަޢީދު   5 އޮކްޓޯބަރު 2022 - 22:33
ސިޔާސީ މަންފާ ހޯއްދަވަން ނޫޅުއްވުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދުﷲ އަޙްމަދު، މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒަށް ގޮވާލައްވައިފިއެވެ.

ސައުދު ﷲ އެގޮތަށް ގޮވާލެއްވީ އަމީނީމަގުގެ ޕޭވްމަންޓް ފުޅާކޮށް ހަދާތީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރަށްވައޖ ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ނެވެ.

މާލޭގެ މޭޔަރު ޑރ މުއިއްޒު ވިދާޅުވީ އަމީނީމަގު ހަދަމުންދަނީ ޕޭވްމަންޓް ވަރަށް ފުޅާކޮށް، މަގުގެ ދުއްވަން އޮންނަ ބައި 25ފޫޓުން 21 ފޫޓް 10އިންޗި އަށް ހަނިކޮށްގެން ކަމަށެވެ. މީގެ ސަބަބުން މަގުގެ ތޮށްޖެހުން އިތުރަށް ގޯސްވާނެކަމަށް ބެލެވޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު މުއިއްޒުގެ ވާހަކަ ތަކާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދުﷲ އަޙްމަދު ވަނީ ސިޔާސީ ގޮތުން މަންފާ ހޯދުމަށް ނޫޅުއްވުމަށް ގޮވާލައްވާފައެވެ. އަދި ދަތުރުފަތުރުގެ ފަސޭހައަށް މަސައްކަތްކުރައްވާނަމަ، މިނިސްޓްރީއާއި މަޝްވަރާކުރައްވަން ފަސްޖެހެނީ ކީއްވެތޯ ސައުދު ވަނީ މޭޔަރާއި ސުވާލު ކުރަށްވާފައެވެެ.



"ދަތުރުފަތުރުގެ އިންތިޒާމްތަކާއި ގުޅޭގޮތުން ގާނޫނުން މުހިންމު ޒިންމާތައް މިނިސްޓްރީއާއި ހަވާލުކޮށްފައިވާކަން އެނގިވަޑައިނުގަންނަވަނީބާ؟" މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޓެގް ކުރަށްވައި ސައުދު ސުވާލު ކުރެއްވިއެވެ.

އަމީނީމަގުގެ ޕޭވްމަންޓް ފުޅާކޮށް ހަދާތީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް މިހާރުވެސް މާލޭގެ މަގުތަކުގައި ހިނގާބިނގާވުމަށް އޮންނަ ޖާގަ ކުޑަކަމުން މަގުގެ ތޮއްޖެހުން ވަރަށް ބޮޑަށް އިތުރުވެ އެމައްސަލައަކީ ގިނަބައަކު ޝަކުވާ ކުރަމުން ގެންދާ މައްސަލަ އެއްކަން ފާހަގަ ކުރެވެއެވެ.

ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހެދުމުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އާރުރްޑީސީއާއެވެ. މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ދަށުން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލު ކުރީ 210 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

އެމަޝްރޫއުގެ ދަށުން 1.7 ކިލޯމީޓަރުގެ މަގުގެ ސަރަހައްދެއްގައި ތާރު އެޅުމާއި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން