ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސުން އަތުލައިގަނެފިއެވެ.

ކަސްޓަމުން ބުނީ މިތަކެތި އަތުލައިގަތީ މިމަހުގެ 1 ވަނަ ދުވަހު ރާއްޖެ އައި ޕާކިސްތާނުގެ މީހެއްގެ ލަގެޖު ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

ކަސްޓަމުން ބުނީ އަތުލައިގަތް މަސްތުވާތަކެތި ތަހުލީލްކުރުމުން ހެރޮއިންއަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގު 12 މިލިއަން ރުފިޔާއަށް ވުރެ ބޮޑުކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.

އަތުލައިގަތް މަސްތުވާތަކެއްޗާއި އެ ތަކެތި ގެނައި މީހާ ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށްވެސް ކަސްޓަމުން ބުނެއެވެ..



ކިޔުންތެރިންގެ ހިޔާލު