ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ސިޔާސީ ޕާޓީކަމަށްވާ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއިން އިލެކްޝަންސް ކޮމިޝަނަށް 10 ހާސް މެމްބަރުންގެ ފޯމް ހުށަހަޅައިފިއެެވެ.
އިލެކްޝަންސް ކޮމިޝަނަށް މި ފޯމްތައް ހަވާލުކުރުމަށް ވަޑައިގެންނެވި ވަފުދުގެ އިސް ބޭފުޅަކަށް ހުންނެވީ ޕްރޮގްރެސިވް ކޯލިޝަނުގެ ނާއިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲއެވެ.
އިލެކްޝަންސް ކޮމިޝަނުން މި ފޯމްތަކާއި ހަވާލުވެވަޑައިގަތީ އެކޮމިޝަނުގެ ރައީސް ފުއާދު ތައުފީގެވެ.
ޕީޕީއެމުން ހުށަހެޅި 10،000 ފޯމަކީ އެޕާޓީއަށް މުޅިން އަލަށް ގުޅުނު މެންބަރުންގެ ފޯމުތައްކަމަށް ޕީޕީއެމުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ އެ ޕާޓީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން ފުރާފައިވާ ފޯމުތަކެވެ. އެގޮތުން ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައްވާ ބޭފުޅަކު 50 ފޯމު އަދި ނައިބު ރައީސް ކަމަށް ކުރިމަތިލައްވާ ބޭފުޅަކު 25 ފޯމް ފުރުއްވަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު