ގަން އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
ސަރުކާރުން ބުނީ ގަން އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޕްރީ ކޮލިފިކޭޝަން މަސައްކަތް އެގްޒިމް ބޭންކުން މެއިމަހު ފަށާފައިވާއިރު ޕްރީ ކޮލިފިކޭޝަނުން 7 ކުންފުންޏެއް ވަނީ ކޮލިފައިވެފައިކަމަށެވެ. އަދި 7 ކުންފުންޏަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައިކަމަށްވެސް ސަރުކާރުން ބުނެއެވެ.
ގަން އެއަރޕޯޓް ތަރައްގީކުރުމަކީ ރައީސް އިބްރާޙިމް މުހައްމަދު ސާލިޙުގެ ވަޢުދަކަށްވާއިރު މިއީ ދެކުނުގެ އިޤްތިޞާދީ ހަބެއްގެ ގޮތުގައި އައްޑޫ ތަރައްޤީ ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތައް ވަރަށް މުހިންމު މަޝްރޫޢެކެވެ.
މި އެއަރޕޯޓް ތަރައްޤީ ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. މިއީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށް ތަރައްޤީ ކުރާ އެއަރޕޯޓެކެވެ.
މިމަޝްރޫޢުގެ ދަށުން ޒަމާނީ ފެންވަރަށް ޓާމިނަލް ތަރައްޤީކޮށް، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ލައުންޖުތަކާއި އައު ކޮންޓްރޯލް ޓަވަރަކާއި ފަޔަރ ސްޓޭޝަން ގާއިމްކުރާނެއެވެ. މީގެ އިތުރުން އެއަރޕޯޓުގައި ކޯލްޑް ސްޓޯރޭޖެއް ތަރައްޤީ ކުރެވި، ކާގޯ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް، މަގުތައް ހަދައި ޕާކިންގެ އިތުރުން އެއަރޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
ސަރުކާރުން ލަފާކުރާ ގޮތުގައި ގަން އެއަރޕޯޓު ތަރައްޤީ ކުރުމަށް 17 މިލިއަން ޑޮލަރު ޚަރަދުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު