ޖީއެސްޓީއާއި، ޓީޖީއެސްޓީ ބޮޑުކޮށްގެން ރާއްޖޭގެ ޓޫރިޒަމްގެ އެރައިވަލަށް އަސަރު ކުރާނެ ކަމަށް ގަބޫލު ނުކުރަށްވާ ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ މިއަދު ވިދާޅުވެއްޖެއެެވެ.
އާންމުންގެ އަތުން ނަގާ ޖީއެސްޓީއާއި ފަތުރުވެރިން އަތުން ނަގާ ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަހުސްކުރައްވަމުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ މިއަދު ވިދާޅުވީ އެހެން ގައުމުތަކާއި އަޅާ ބަލާއިރު ޖީއެސްޓީގެ ގޮތުގައި ރާއްޖޭގައި ނަގާ ފައިސާ މަދު ކަމަށެވެެ.
އީސަ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް އަސަރު ކުރަނީ ހަމައެކަނި ޓެކްސް ބޮޑުކޮށްގެން ނޫން ކަމަށެވެ. އެގޮތުން ދުނިޔޭގެ ތެލުގެ އަގުބޮޑުވުމާއި ދުނިޔޭގެ އެކި ގައުމުތަކާއި މެދު ހިނގާ ހަނގުރާމަ ތަކާއި ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް އޭގެ އަސަރު ފޯރަމުންދާ ކަމަށް އީސަ ވިދާޅުވިއެވެ.
އެފަދަ ކަންކަމުން ރާއްޖޭގެ ޓޫރިޒަމަށް ލިބޭނެ ގެއްލުންތައް ކުޑަކުރެވޭނެ ގޮތްތަކެއް ހޯދަންޖެހޭ ކަމަށް އީސަ ވިދާޅުވިއެވެ. އީސަ ވިދާޅުވީ ރާއްޖެ ޒިޔާރަތް ކުރާ ޓޫރިސްޓުންނަކީ ޔޫރަޕާއި އޭޝިޔާ ފަދަ މުއްސަނދި ގައުމުތަކުން އަންނަ ޓޫރިސްޓުން ކަމަށެެވެ.
"ޖީއެސްޓީއަކީ އެބޭފުޅުންގެ އަމިއްލަ ގައުމުގައި މިތަނަށްވުރެ މާބޮޑުކޮށް އެބޭފުޅުންގެ އަމިއްލަ ގައުމުގައި ދައްކަމުން ގެންދާ އެއްޗެއް، އެހެންވީމަ ދިވެހިރާއްޖޭގައި އަޅުގަނޑުމެން މި ނަގަމުންދާ ޖީއެސްޓީގެ ތެރެއިން އެބޭފުޅުން އަމިއްލަ ގައުމުގައި ދައްކާވަރަށް ވުރެ އަދިވެސް އެތައް ގުނައެއް ކުޑަ އަދަދެއް މި ނަގަނީ. އެކަމުގެ ސަބަބުން މިދެންނެވިހެން އަޅުގަނޑު ގަބޫލެއް ނުކުރަން ތި ވިދާޅުވާ ސީދާ އިމްޕެކްޓެއް ރާއްޖޭގެ ޓޫރިޒަމްގެ އެރައިވަލަށް އަންނާނެ ކަމަށް ގަބޫލެއް ނުކުރަން" އީސަ ވިދާޅުވިއެެވެ.
މީގެ އިތުރުން އީސަ ވިދާޅުވީ ޓެކުހެއް ނަގައިގެން ނުވަތަ ޖީއެސްޓީއެއް ނަގައިގެން ޔޫރަޕުން ރާއްޖެއަށް އަންނަ ޓޫރިސްޓުން ނުދާނެ ކަމަށެެވެ. އެހެން ނަމަވެސް އެގައުމުތަކުގައި ޓޫރިސްޓުން ޓެކްސް ދައްކާވަރަށް ވުރެ ބޮޑުކޮށް ރާއްޖެއިން ނަގާނަމަ އޭގެ އަސަރު ޓޫރިޒަމަށް ކުރާނެ ކަމަށް އީސަ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު