އަމީނީމަގުގެ ޕޭވްމަންޓް ފުޅާކޮށް ހެދުމުން މަގުގެ ތޮއްޖެހުން އިތުރަށް ގޯސްވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މިހެން ވިދާޅުވީ ކޮން ދިރާސާއެއްގެ މައްޗަށް ބިނާކޮށް ކަމެއް ދަންނަވަން ނޭގުނު ނަމަވެސް މިހާރުވެސް މާލޭގެ މަގުތަކުގައި ހިނގާބިނގާވުމަށް އޮންނަ ޖާގަ ކުޑަކަމުން މަގުގެ ތޮއްޖެހުން ވަރަށް ބޮޑަށް އިތުރުވެ އެމައްސަލައަކީ ގިނަބައަކު ޝަކުވާ ކުރަމުން ގެންދާ މައްސަލަ އެއްކަން ފާހަގަ ކުރެވެއެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ އަމީނީމަގު ހަދަމުންދަނީ ޕޭވްމަންޓް ވަރަށް ފުޅާކޮށް މަގުގެ ދުއްވަން އޮންނަ ބައި 25 ފޫޓުން 21 ފޫޓް 10އިންޗި އަށް ހަނިކޮށް ކަމަށެވެ. މީގެ ސަބަބުން މަގުގެ ތޮށްޖެހުން އިތުރަށް ގޯސްވާނެކަމަށް ބެލެވޭ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"ބިމުގެ އަޑިއަށްލުމަށް ކުރިން ނިންމާފައިވާ "ކޭބަލްޓްރޭ" އަނެއްކާވެސް މިފެންނަނީ ބިމުން މަތީގައި ހަދަމުންދާތަން." ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހެދުމުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ރްޑީސީއާއެވެ. މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ދަށުން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލު ކުރީ 210 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
އެމަޝްރޫއުގެ ދަށުން 1.7 ކިލޯމީޓަރުގެ މަގުގެ ސަރަހައްދެއްގައި ތާރު އެޅުމާއި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ނިއްމާފައެވެ. އަމީނީމަގު ތަރައްގީ ކުރުމުގެ މަޝްރޫއު ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިނގާބިގާވެ އުޅުމަށް ފަސޭހަވާނެ ގޮތަށް ދުވާރުގައި ބުރައިލް ބުލޮކްސް ޖެހުމާއި ވީލްޗެއާ އެކްސަސް ހެދުމާއި މަގުގައި ބަސް ހުއްޓިތަކާއި ޕާކިން ޒޯންތައް ހެދުމާއި ސައިން ބޯޑުތަކާއި ބަމްޕަރުތައް ލުމާއި މަގު ބައްތިތައް ބެހެއްޓުމާއި ފެހިކުރުމަށް ޓްރީ ޕޮޓް ބެހެއްޓުމާއި ކޭބަލް ޓްރޭ މަގުގެ ދެފަރާތުގައި އެޅުމުގެ އިތުރުން އެޗްވީ ކޭބަލަށް ހާއްސަކޮށް ޖަންކްޝަންތަކެއް ހެދުމަށް ނިއްމާފައިވާކަމަށް އާރުޑީސީން ވަނީ ބުނެފައެވެ.

އަމީނީމަގު ހަދަމުންދަނީ ޕޭވްމަންޓް ވަރަށްފުޅާކޮށް، މަގުގެ ދުއްވަން އޮންނަބައި 25ފޫޓުން 21 ފޫޓް 10އިންޗިއަށް ހަނިކޮށްކަމުން މަގުގެ ތޮށްޖެހުން އިތުރަށް ގޯސްވާނެކަމަށް ފެނޭ. ބިމުގެ އަޑިއަށްލުމަށް ކުރިން ނިންމާފައިވާ "ކޭބަލްޓްރޭ" އަނެއްކާވެސް މިފެންނަނީ ބިމުން މަތީގައި ހަދަމުންދާތަން pic.twitter.com/2F3adEx7gL
— Dr Mohamed Muizzu (@MMuizzu) October 4, 2022
ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހެދުމުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ރްޑީސީއާއެވެ. މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ދަށުން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލު ކުރީ 210 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
އެމަޝްރޫއުގެ ދަށުން 1.7 ކިލޯމީޓަރުގެ މަގުގެ ސަރަހައްދެއްގައި ތާރު އެޅުމާއި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ނިއްމާފައެވެ. އަމީނީމަގު ތަރައްގީ ކުރުމުގެ މަޝްރޫއު ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިނގާބިގާވެ އުޅުމަށް ފަސޭހަވާނެ ގޮތަށް ދުވާރުގައި ބުރައިލް ބުލޮކްސް ޖެހުމާއި ވީލްޗެއާ އެކްސަސް ހެދުމާއި މަގުގައި ބަސް ހުއްޓިތަކާއި ޕާކިން ޒޯންތައް ހެދުމާއި ސައިން ބޯޑުތަކާއި ބަމްޕަރުތައް ލުމާއި މަގު ބައްތިތައް ބެހެއްޓުމާއި ފެހިކުރުމަށް ޓްރީ ޕޮޓް ބެހެއްޓުމާއި ކޭބަލް ޓްރޭ މަގުގެ ދެފަރާތުގައި އެޅުމުގެ އިތުރުން އެޗްވީ ކޭބަލަށް ހާއްސަކޮށް ޖަންކްޝަންތަކެއް ހެދުމަށް ނިއްމާފައިވާކަމަށް އާރުޑީސީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު