ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް މިހާރު ހުންނެވީ "ފިތިފައި" ކަމަށް މިހާރު ގަބޫލުކުރެއްވޭ ކަމުގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު މިއަދު ވިދާޅުވެއްޖެއެވެ.
ކުއްލި މަރުތައް ގިނަވާތީ އެކަމާމެދު އެކަށީގެންވާ ފިޔަވަޅު އެޅުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގަައި ވާހަކަ ދައްކަވަމުން ޝިޔާމު އެގޮތަށް ވިދާޅުވީ އެއްޖިންސުން ގުޅުންހިންގި މައްސަލައިގައި ހުކުމްކޮށްފައި ހުރި ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ގޭބަންދަށް ހުކުމްކޮށްފައި ހުރި މައްސަލައަށް އިޝާރާތް ކުރައްވައި ކަމަށް ބެލެވެއެވެ.
ޝިޔާމް ވިދާޅުވީ އޭނާއަށް މިހާރު ޤަބޫލުކުރެއްވެނީ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ހުންނެވީ ކޮމްޕްރޮމައިޒް ވެފައި (ފިތިފައި) ކަމަށެވެ. އެގޮތުން ގޭ ކުއްޖަކު ހައްޔަރަށް ނުލައި ގޭގައި ބަހައްޓައިގެން އެކަމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހުންނެވީ ކޮމްޕޮރޮމައިޒް ވެފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މަރު ކޮމިޝަނާއި، ޚިޔާނާތުގެ ތެރެއިން ގެއްލުނު ފައިސާ ހޯދުމަށް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނުން "ގޮހޮރާ ޖެހެންދެން" ކެއި އިރުވެސް ކޮމިޝަންތަކަށް އެއްވެސް ކަމެއް ހާސިލުނުވި ކަމަށާއި އަދި އެކަން މަޖިލީހަށް ނުބެލޭކަމަށެވެ.
ޝިޔާމް ވިދާޅުވީ ރައްޔިތުންގެ ފައިސާ ކެއުން ނޫން ކަމެއް އެކޮމިޝަންތަކުން ނުކުރާ ކަމަށެވެެ. އަދި އެ ކޮމިޝަންތައް ފެއިލުވުމުން ރައްޔިތުންގެ މަޖިލީހުން އަދާކުރަންޖެހޭ ޒިންމާ އެ މަޖިލީހަށްވެސް ހާސިލުނުވި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު