ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރުން ރައީސް އޮފީހަށް ހާޒިރުކުރި ކަމަށް ބުނެ މީޑިއާއަކުން ރިޕޯޓުކޮށްފައިވާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވީ ރައީސް އިބްރާހިމް ސޯލިހުގެ އެންގެވުމަކަށް މިދިޔަ ސެޕްޓެމްބަރ މަހުގެ 15 ވީ ބުރާސްފަތި ދުވަހު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރުން ރައީސް އޮފީހަށް ހާޒިރުކޮށްފައިވާ ކަމަށް ބުނެ ރާއްޖޭގެ މީޑިޔާއަކުން ރިޕޯޓްކުރި ޚަބަރަކާއި ގުޅިގެންނެވެެ. ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވީ ޓްރައިބިއުނަލްގެ މެމްބަރުން ރައީސް އޮފީހަށް ހާޒިރުކޮށްފައިނުވާނެ ކަމަށާއި، އެއީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެެ.

އެހެން ނަަމަވެސް ޓްރައިބިއުނަލްގެ އަހަރީ ރިޕޯޓް ހުށަހެޅުމާ ގުޅިގެން، ރިޕޯޓްގައިވާ ކަންކަމާމެދު މައުލޫމާތު ބަދަލުކޮށް، ހިންގުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރުމުގެ ބައްދަލުވުމެއް ބޭއްވި ކަމަށް މިއުވާން ވިދާޅުވިއެވެ.

ސަރުކާރާ ދެކޮޅު ޚަބަރުތައް އާންމުކޮށް ގެނަސްދޭ މީޑިއާއަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް ސޯލިހުގެ ފަރާތުން އެބައްދަލުވުމުގައި އިސްކޮށް ބައިވެރިވެ ވަޑައިގެންނެވީ އެ އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރެވެ. ސަމީރު އެބައްދަލުވުމުގައި ދެއްކެވި ކަމަށް ބުނެ ބޮޑެތި ތުހުމަތު ތަކެއް އެނޫހުން ވަނީ ސަރުކާރަށް ކޮށްފައެވެ.



ޓްރައިބިއުނަލްގެ މެންބަރަކާ ހަވާލާދީ ލިއެފައިވާ ކަމަށްބުނާ އެ ޚަބަރުގައި މެންބަރެއްގެ ނަމެއްވެސް އަދި އެއީ ހަގީގަތެއްކަން ސާބިތު ކޮށްދެވޭ ފަފަ އެއްވެސް މައުލޫމާތެއް ހިމަނާފައެއް ނުވެއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ޖުމްލަ ހަތް މެމްބަރުން ތިއްބަވައެވެ. އޭގެ ތެރެއިން ގިނަ މެމްބަރުންނަކީ މިސަރުކާރުން އެމަގާމުތަކަށް އައްޔަންކުރެއްވި ބޭފުޅުން ކަން ފާހަަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު