ސަރުކާރުން ހުށަހަޅާފައިވާ ޖީއެސްޓީއާއި، ޓީޖީއެސްޓީ ބޮޑުކުރުމުގެ އިސްލާހާއި ދެކޮޅަށް ވާހަކަދައްކަވަނީ ސިޔާސީ ބޭނުމެއްގައި ހަގީގަތް އޮޅުވާލަންކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިހެން ވިދާޅުވީ ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި އަންނަ އަހަރު ޖެނުއަރީމަހުން ފެށިގެން ޖީއެސްޓީއާއި، ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލުގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުންނެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ.
ޝިފާއު ހުށައެޅުއްވި އިސްލާހުގައި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް، އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ޖީއެސްޓީއާއި، ޓީޖީއެސްޓީ ހުރި މިންވަރަށް ބަލާއިރު ރާއްޖެއިން ޓެކްސްއަށް ގެންނަނީ މާބޮޑު ބަދަލެއް ނޫންކަމަށާއި، މީގެ ސަބަބުން ހެޔޮ ނަތީޖާތަކެއް ނިކުންނާނެކަމަށެވެ. އަދި ޓެކްސް ބޮޑުކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކުންވެސް ތާއީދުކުރާކަން ޝަރީފް ފާހަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުކޮށް، ރާއްޖޭގެ އިޤްތިޞާދު ހިފެހެއްޓުމަށް އެޅޭ މިފިޔަވަޅާއި ދެކޮޅަށް ވާހަކަ ދައްކަވާ ބޭފުޅުން ވާހަކަ ދައްކަވަނީ ހަގީގަތް އެނގިތިބެ ސިޔާސީ މަޤްސަދެއްގައިކަމަށެވެ. އަދި ސަރުކާރުން ޓެކްސްތައް ނަގާއިރު އެއްވެސް ފަގީރެއްގެ އަތުން ޓެކްސް ނުނަގާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ މި ބިލާއި ދެކޮޅަށްވެސް ވާހަކަދައްކާފައެވެ. އަދި ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި އެހެން ކަންކަމުން ހަރަދު ކުޑަކުރުމަށް މެމްބަރުން ގޮވާލެއްވިއެވެ.
ޓެކްސް ބޮޑުކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅާއިފިނަމަ ކުރިއަށް އޮތް އަހަރު މާލީގޮތުން އިތުރު ދަތިތަކަކާއި ކުރިމަތިލާންޖެހޭނެކަމަށެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ އިތުރުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެކަމަށް އަމީރު ވިދާޅުވިއެވެ.
ދައުލަތަށް ލިބިފައިވާ އާމްދަނީއަށް ބަލާއިރު، މިހާރު ކަނޑައަޅާފައިވާ ނިސްބަތުން ޓެކްސް ބޮޑުކޮށްފިނަމަ ދައުލަތަށް ރަނގަޅު އާމްދަނީއެއް ލިބޭނެއެވެ. އެގޮތުން މިދިޔަ އަހަރު ޓީޖީއެސްޓީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ދައުލަތަށް ލިބުނުއިރު، އެ އަދަދަށް 4 ޕަސަންޓް އިތުރުކުރުމުން 1.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް އިތުރަށް ލިބޭނެއެވެ. އަދި ޖީއެސްޓީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއަށް 2 ޕަސަންޓު އިތުރުކުރުމުން 850 މިލިއަން ރުފިޔާގެ އާމްދަނީއެއް އިތުރަށް ލިބޭނެއެވެ.
މި އަދަދުތަކަކީ މިދިޔަ އަހަރުގެ ހިސާބުތަކުން އަދަދުތައް ޖެހުމުން ލިބޭ އާމްދަނީއަށްވާއިރު، މިއަހަރު ދައުލަތަށް ލިބޭ އާމްދަނީ ހުންނާނީ ކޯވިޑްގެ ކުރިން ދައުލަތަށް އާމްދަނީ ލިބުނު މިންވަރާއި ގާތަށްކަމަށް ސަރުކާރުން ލަފާކުރެއެވެ. އެހެންކަމަށްވާނަމަ މި އަދަދުތައް މިއަށްވުރެ އިތުރުވެ، ޓީޖީއެސްޓީ 6 ބިލިއަން ރުފިޔާއަށް، ޖީއެސްޓީ 3 ބިލިއަން ރުފިޔާއަށް އިތުރުވެގެންދާނެއެވެ.
ސަރުކާރުން ލަފާކުރަނީ ޓީޖީއެސްޓީ އާއި ޖީއެސްޓީން ދައުލަތަށް އިތުރު 3 ބިލިއަން ރުފިޔާ ހޯދުމަށްކަމަށްވާއިރު، މިހާރު ޖަހާފައިވާ ހިސާބުތަކަށް ބަލާއިރު މިކަންކަން ހާސިލުކުރެވޭނެއެވެ.
ސަރުކާރުން އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތައް އަޅަމުންދާއިރު، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްވެސް ވަނީ ފިޔަވަޅުތައް އަޅާފައެވެ. އޭގެ ތެރޭގައި ސަބްސިޑީ ރީފޯމް ކުރުމާއި، އިތުރު ޕްރޮޖެކްޓްތައް ފެށުން މަޑުޖައްސާލުން ހިމެނެއެވެ. މިކަންކަމާއެކު މިއަހަރުވެސް ރާއްޖޭގެ އިޤްތިޞާދު ދާނީ ކުރިއަށްކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު