ވައިގެ ދަތުރުފަތުރާއި ގުޅޭ އެއްބަސްވުމެއްގައި ރާއްޖެއާއި ކަޒަކިސްތާނުން ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކެނެޑާގެ މޮންޓްރިއަލްގައި ކުރިއަށްދާ އިކާއޯގެ 41 ޖެނެރަލް އެސެމްބްލީގެ ހަވާސާގައެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓްރާންސްޕޯޓް އެންްްޑް ސިވިލް އޭވިއޭޝަން މިނިސްޓަރ އައިޝަތު ނަހުލާއެވެ.

މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް ފެށުމާއި ގުޅޭގޮތުން ގާއިމްކުރެވުނު އެއްބަސްވުމެއްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ. އަދި އޭވިއޭޝަން ދާއިރާއިން އިތުރަށް އެއްބާރުލުން ދިނުމަށްވެސް މި އެއްބަސްވުމުން މަގުފަހިވެގެންދާނެއެވެ.



ވައިގެ ދަތުރުފަތުރާއި ގުލޭ އެއްބަސްވުމެއްގައި ރާއްޖެއާއި ކަޒަކިސްތާނުން ސޮއިކޮށްފައިވާއިރު، ކުރިން ވީޒާ ނެގުމެއްނެތި ދިވެހިންނަށް ކަޒަކްސްތާނަށް ދަތުރުކުރެވޭނެ އެއްބަސްވުމެއްގައި ވެސް ދެޤައުމުގެ ވަނީ ސޮއިކޮށްފައެވެ.

ދެ ޤައުމުގެ ދެމެދު ވެވުނު "އެގްރިމެންޓް އޮން މިއުޗުއަލް އެގްޒެމްޝަން އޮފް ވިސާ ރިކުއަޔަރމަންޓްސް"ގެ ދަށުން ދެޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރުމުގައި، ވީޒާ ނެތި 30 ދުވަހަށް އެތެރެވެވޭނެއެވެ. އަދި ޓްރާންސިޓްކުރުމުގައިވެސް މި އެއްބަސްވުމުގެ ދަށުން ވިސާ ނަގާކަށް ނުޖެހޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު