އައްޑޫ ސިޓީ މަރަދޫ ބަނދަރުގެ ނެރުމަތިން 6 ފޫޓުގެ މުޑު ފާނައެއް ބާނައިފިއެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު 108 ކިލޯގެ މިމުޑު ފާނަ ބާނާފައިވަނީ ކުޑަ ޑިންގީއެއްގައި ކަންނެއްޔަށް ދިޔަ ބަޔަކު އެނބުރި އައި މަގުމަތީގައި މަރަދޫ ބަނދަރު ކައިރިންނެވެ.
މި މަހުގެ ދިގު މިނުގައި 6 ފޫޓް ހުރިއިރު މިއީ މިހާތަނަށް ރާއްޖޭގައި ބޭނި އެންމެ ދިގު ފާނައަށްވުމަކީ އެކަށީގެންވާކަމެއްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް ފިޝަރީޒް މިނިސްޓްރީން އެކަން މިހާތަނަށް ކަށަވަރެއް ނުކޮށްދެއެވެ.
އައްޑޫ ސިޓީން މިމަސް ބޭނި ސަރަޙައްދަކީ މަރަދޫ މަސްފެކްޓްރީން މަސްކެނޑުމަށްފަހު އޭގެ ކަރު އަޅާ ސަރަޙައްދެއްކަމަށާއި އެކަމުގެ ސަބަބުން އެ ސަރަހައްދަކީ މަސް ތިޔާގި ސަރަހައްދެއްކަމަށް މަސްވެރިން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ބޭނި ބޮޑު ފާނަ ވަނީ 2000 ރުފިޔާއަށްވުރެ އަގުބޮޑުކޮށް އައްޑޫގެ ރެސްޓޯރެންޓަކަށް ވިއްކާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު