ކުޅުދުއްފުށީ ހުކުރު މިސްކިތުގެ މަރާމާތު މަސައްކަތް ކުރަމުންދަނިކޮށް ބަޔަކު އެ މިސްކިތަށް ގެއްލުން ދީފިއެވެ.

ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވީ ކުޅުދުއްފުށީ ހުކުރު މިސްކިތުގެ މަރާމާތު މަސައްކަތް ކުރަމުންދަނިކޮށް، ރޭގެ ވަގުތެއްގައި މިސްކިތުގެ ތަޅުމަށް ބަޔަކު ގެއްލުންދީފައިވާ ކަމަށެވެ.

އާތިފް ވިދާޅުވީ މިސްކިތު ތަޅުންމަތީގައި ސިމެންތި އޮލަ ލައިފައި ނުހިކި ހުއްޓާ ތަޅުންމައްޗަށް ފެންހޮޅިއެއް ދޫކޮށްލާފައިވާކަމަށެވެ. އަދި ތަޅުމުގައި އެކި އެއްޗެހި ލިޔެ ތަޅުން ހަލާކުކޮށްލާފައިވާކަމަށް އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ މަދު ފަރާތްތަކެއްގެ މިފަދަ ނާތަހުޒީބު އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން ބޮޑެތި ގެއްލުންވެ، ރަށުގެ ތަރައްޤީއަށް ހުރަސް އެޅެމުންދާކަމަށެވެ.

އާތިފް ވިދާޅުވީ މިފަދަ ކަންކަން ކުރިޔަސް ރަށުގެ ތަރައްޤީއާއި ރައްޔިތުންގެ ހެވާލާބައަަށް މަސައްކަތްކުރުންމަތީ ސިޓީ ކައުންސިލް ދެމިއޮންނާނެކަމަށެވެ.

ކުޅުދުއްފުށީ ހުކުރު މިސްކިތުގެ މަރާމާތު މަސައްކަތް ކުރަމުންދަނިކޮށް ބަޔަކު އެ މިސްކިތަށް ގެއްލުން ދިން މައްސަލައިގައި ފުލުހުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު