މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހު ގަލޮޅު ބޯޅަދަނޑުގައި ހިނގި ހާދިސާއާ ގުޅިގެން ގިނަ ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ އިންޑިއާ ސަރުކާރުން އަންގާފައިވާ ގޮތަށް ބޭރު ދުނިޔެއަށް ކަމުގެ ހަގީގަތް އޮޅުވާލުމަށްކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެކަމަށް ފާޑުކިޔައިފިއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޖޫން 21 ވީ އަންގާރަދުވަހު ގަލޮޅު ބޯޅަ ދަނޑުގައި ހިނގި ހާދިސާއާއި ގުޅުވައިގެން ގިނަ ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ އިންޑިއާ ސަރުކާރުން އަންގާފައިވާ ގޮތަށް ބޭރު ދުނިޔެއަށް ކަމުގެ ހަގީގަތް އޮޅުވާލުމަށްކަމަށެވެ.
ބަޔާނުގައި ބުނީ ޔޯގާ ހަމަނުޖެހުމުގައި ފުލުހުންގެ އިހުމާލެއް ވާކަމަށާއި، އެމައްސަލަ ބަލާ ފިޔަވަޅު އަޅާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިނަމަވެސް، އެމައްސަލަ ނުބަލާ، އެ ކަމުގައި ބައިވެރިނުވާ އެތައް ބައެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
ޕީޕީއެމުން ބުނީ ދައުވާކުރި މީހުންގެ ތެރޭގައި އެ ކޯލިޝަންގެ ހަރަކާތު ކޮމިޓީގެ ޗެއަރ އަދި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ހިމެނިފައިވީނަމަވެސް މުޙައްމަދު އިސްމާޢީލް ގަލޮޅު ދަނޑަށް އެދުވަހު ވަދެފައިވެސް ނުވާކަމަށެވެ. އަދި އޭނާއަކީ އެ ހަމަނުޖެހުން ހިނގިއިރު އެތާ ހުރި މީހެއްވެސް ނޫންކަމަށާއި އެހެންކަމުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އެ ނިންމުން އަނބުރާ ގެނައުމަށްވެސް ޕީޕިއެމުން ވަނީ ގޮވާލަމެވެ.
ޕީޕީއެމުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި 18 މީހެއްގެ މައްޗަށް ޕީޖީ އޮފީހުން ދަޢުވާ އުފުލުމުންނެވެ. އޭގެތެރޭގައި ޝައިޚް ފަޟްލޫން މުޙައްމަދާއި ޝައިޚް އާދަމް ނިޝާނާއި، ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު