ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އިންޑިއާގެ ފޮރިން ސެކްރެޓަރީ މޯހަން ކްވަތުރާ ފުރާވަޑައިގެންފިއެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ މޯހަން ކްވަތުރާ ރާއްޖެ ވަޑައިގެންނެވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އޭނާ ރާއްޖެ ވަޑައިގަތީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފުގެ ދައުވަތަކަށެވެ.
މި ދަތުރުފުޅުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ވަނީ ރާއްޖޭގެ ހާރިޖިއްޔާއާއެކު ރަސްމީ މަޝްވަރާތައް ބާއްވާފައެވެ. އަދި އިންޑިއާއިން ރާއްޖެއަށް އިތުރު 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ހަމަޖައްސައި، އެކަމާއި ގުޅޭ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ.
މި 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓަކީ މިދިޔަ އޮގަސްޓްމަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ހަމަޖެހުނު އެހީއެކެވެ. މިއީ ރާއްޖޭގައި މިހާރު ހިނގަމުންދާ ޢުމްރާނީ ތަރައްޤީގެ މުހިންމު ގިނަ މަޝްރޫޢުތަކަށް އެހީތެރިވެދިނުމުގެގޮތުން ފޯރުކޮށްދިން އެހީއެއްކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. މިހާރުވެސް އިންޑިޔާގެ ލައިން އޮފް ކްރިޑިޓްގެ ދަށުން ގިނަ މަޝްރޫތަކެއް ރާއްޖޭގައި އަންނަނީ ހިންގަމުންނެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީގެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުއާވެސް ބައްދަލުކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޑިޕްލޮމަސީގެ ދާއިރާއިން ފޮރިން ސެކްރެޓަރީ ކުރައްވާފައިވާ ގިނަ ގުނަ ޚިދުމަތްތައް ފާހަގަކުރައްވައި އެމަނިކުފާނަށް ތަޢުރީފު ކުރައްވާފައެވެ.
މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީ މޯހަން ކްވަތުރާ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

Indian Foreign Secretary, H.E. Vinay Mohan Kwatra departs 🇲🇻 after a three-day Official Visit. FS Kwatra called on H.E the President, the Speaker, Cabinet Ministers & @ForeignSecMV. Strengthening bilateral cooperation in areas of mutual interest was the highlight of the visit. pic.twitter.com/z4pGZK0mfO
— Ministry of Foreign Affairs 🇲🇻 (@MoFAmv) October 3, 2022
އިންޑިއާގެ ފޮރިން ސެކްރެޓަރީގެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުއާވެސް ބައްދަލުކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޑިޕްލޮމަސީގެ ދާއިރާއިން ފޮރިން ސެކްރެޓަރީ ކުރައްވާފައިވާ ގިނަ ގުނަ ޚިދުމަތްތައް ފާހަގަކުރައްވައި އެމަނިކުފާނަށް ތަޢުރީފު ކުރައްވާފައެވެ.
މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީ މޯހަން ކްވަތުރާ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ކިޔުންތެރިންގެ ހިޔާލު