ފިޓް ޖެހިގެން ގދ.ތިނަދޫ ހޮސްޕިޓަލަށް ގެންދިޔަ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ނިޔާވެއްޖެއެވެ.
"ރަސްއޮންލައިން" އަށް މައުލޫމާތު ދެއްވަމުން ގދ. ތިނަދޫ ހޮސްޕިޓަލުގެ ކަސްޓަމަރ ރިލޭޝަން އޮފިސަރު ސާލިމް އަލީ މިރޭ ވިދާޅުވީ، މިއަދު ހެނދުނު 10:30 ހާއިރު، އެ ހޮސްޕިޓަލަށް ގެންދިޔަ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖާގެ އެއްވެސް ހަރަކާތެެއް ނެތް ކަމަށެވެ. އުމުރުން 10 އަހަރުގެ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެެއްވެސް ހަރަކާތެއް ނެތުމުން އެ ކުއްޖާއަށް ސީޕީއާރު ދިން ކަމަށާއި ނަމަވެސް އެކުއްޖާ ނިޔާވެފައިވާ ކަމަށް ސާލިމް ވިދާޅުވިއެވެ.
ސާލިމް ވިދާޅުވީ އެކުއްޖާގެ ބައްޕަ ފާޚާނާގައި އުޅެފައި ނިކުތްއިރު އެ ކުއްޖާއަށް ފިޓް ޖެހިފައިވާ ކަމަށާއި އޭރު އެކުއްޖާގެ އަނގައިން ފޮނުތަކެއް އަރާފައިވާ ކަމަށެެވެ. އެތަން ބައްޕައަށް ފެނިގެން އެކުއްޖާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށް ސާލިމް ވިދާޅުވިއެވެ.
ފިޓް ޖެހިގެން ނިޔާވި ކުއްޖާ އަކީ މީގެ ކުރިން ވެސް ފިޓްޖެހިފައިވާ ކުއްޖެއް ކަމަށް މައުލޫމާތު ލިބެެެެއެވެ. މިކަމާ ގުޅިގެން ޖެންޑަރ މިނިސްޓްރީއާއި ފުލުހުންގެ ބަހެއް އަދި ލިބިފައެެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު