ފ. މަގޫދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހުއްޓުމެއްނެތި ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް އެ މަސައްކަތް ސަރުކާރުން ހަވާލު ކޮށްފައިވާ އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން މިއަދު ބުނީ، މަގޫދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބަންޑް ވޯލްޖެހުމުގެ މަސައްކަތް ކަމަށެވެ.

އެ ކުންފުނިން ބުނީ، މި މަޝްރޫއުގެ ދަށުން، ރަށުގެ ތަރައްގީއާއި އެހެނިހެން ބޭނުންތަކަށް ހާއްސަކުރެވިގެން 17 ހެކްޓަރުގެ ބިން ހިއްކުމާއި، އެއަރޕޯޓް ތަރައްގީ ކުރުމަށް 30.8 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން 3,339 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 90 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނޭނެ ކަމަށެވެ.

ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާއި މި މަޝްރޫއު ހަވާލު ކުރީ 206.88 މިލިއަން ރުފިޔާއަށެވެ.



ކިޔުންތެރިންގެ ހިޔާލު