ގައުމެއްގައި އުޅޭ މީހުން ނުބައިވީމަ، އެ ގައުމެއް ކުރިއަރައިގެން ނުދާނެކަމަށް ގާނޫނު އަސާސީ އިސްލާހުކުރި ހާއްސަ މަޖިލީހުގެ މެމްބަރު ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ އެކި ސްކީމްތަކުން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ 41 އިންސައްތަ މީހުން އެ ތަންތަނަށް ގަވައިދުން ކުލި ނުދައްކާ ކަމަށް، މި ސަރުކާރުގެ ޕްލޭނިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވި ވާހަކައަށް އިޝާރަތް ކުރަށްވައި ނަސީމް މިއަދު ވިދާޅުވީ، އެފަދަ ކަންކަމުގައި ކުލި ނުދައްކާ ތިބުން އެއީ މި ގައުމުގައި އާކަމެއް ނޫންކަމަށެވެ.
އެގޮތުން، ފުރަތަމަ މާލޭގައި އެޅި ސިނަމާލެ ފުލެޓުތަކުގެ ހާލު އަދި މާ ބޮޑު ކަމަށާއި އުޅޭނެތަނެއް ނެތިގެން ރޮއެގެން "ވަގަށްދިގަށް" ހޯދި ފުލެޓުތަކަށް ކުލި ނުދައްކާ ބަޔަކު އަދިވެސް ތިބީ އެތަންތަން ކުއްޔަށް ދީގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މި ގައުމުގަ އާކަމެއްނޫން. އެންމެ ފުރަތަމަ މާލޭގައި އެޅި ސިނަމާލެ ފުލެޓުތަކުގެ ހާލު އަދި މާބޮޑު. އެއީ މާކުރިއެއްނު؟ ގައުމެއްގަ މީހުން ނުބައިވީމާ އެތަނެއް ކުރިއެއް ނާރާނެ. އުޅޭނެތަނެއް ނެތިގެން ރޮއެގެން ވަގަށްދިގަށް ހޯދި ފުލެޓުތައް ކުލި ނުދައްކާ އެތިބީ ކުއްޔަށްދީގެން." އިގުތިސާދީ ތަޖުރިބާކާރު ނަފާ ނަސީމް ވިދާޅުވެފައިވެއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެމްއޭސީއެލުން އިމާރާތްކުރި ފްލެޓުތައް ނިންމައި، މުވައްޒަފުންނަށް ހަވާލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވަނީ، ސަރުކާރުން ހިންގި މަޝްރޫއުތަކަށް ފައިސާ ދައްކައިގެން އަމިއްލަ ކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް، އެ ތަންތަނަށް ގަވައިދުން ފައިސާ ނުދައްކާ 31 އިންސައްތައާއި 41 އިންސައްތަ މީހުން އުޅެމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު