އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް އަޑިއަށް ދިޔަ ބޯޓުން ގެއްލުނު ފަޅުވެރިޔާ ފެނިއްޖެއެެވެ.
އެމްއެންޑީއެފުން ބުނީ އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މިދިޔަ ސެޕްޓެމްބަރު 28 ވަނަ ދުވަހު މާލެއަށް ދަތުރުކުރަނިކޮށް މޫސުމް ގޯސްވެ، ކ. ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލުން ބޭރުން ބޯޓެއް އަޑިއަށް ގޮސްފައިވާ ކަމަށެެވެ. މި ބޯޓް އަޑިއަށް ގޮސް، އެބޯޓުން ދަތުރުކުރި ހަތް ފަޅުވެރިންގެ ތެރެއިން ހަ ފަޅުވެރިއަކު ކަނޑުވެފައި ވަނިކޮށް އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓަކުން ވަނީ އެމީހުން ސަލާމަތްކޮށްފައެވެ.
ކަނޑުވި މީހުންގެ ތެރެެއިން އެއް ފަޅުވެރިއަކު ވަނީ ގެއްލިފައެވެެ. އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހަކުރާ" ލޯންޗް އެ މީހާ ހޯދުމުގެ މަސައްކަތުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް މިއަދު 17:25 ހާއިރު، އެ މީހާ ފެނިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެެެވެ. އެމްއެންޑީއެފުން ބުނީ އެމީހާ މާލެ ގެނައުމަށް މިހާރު ދަތުރުކުރަމުންދާ ކަމަށެެވެ.
ގެއްލިގެން ހޯދަމުން ދިޔަ ފަޅުވެރިޔާ ފެނުނު ނަމަވެސް އޭނާގެ ހާލަތާއި ގުޅޭ ގޮތުން އެއްޗެއް ބުނަން އެނގޭނީ ޑޮކްޓަރުންނާއި ހަވާލާދީ ކަމަށާއި، މިހާރު ޑޮކްޓަރުންނާއި ހަމައަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު އެމްއާރްސީސީއަށް ލިބިފައިވަނީ މިއަދު 10:30 ހާއިރުއެެވެ.

ކިޔުންތެރިންގެ ހިޔާލު