އިލެކްޝަން ކޮމިޝަނުން މިއަދު ބޭއްވި ހަތަރު ރަށެއްގެ ބައި އިލެކްޝަންތައް ޕީޕީއެމާއި އެމްޑީޕީން ކާމިޔާބުކޮށްފި އެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ބޭއްވީ ށ. މާއުނގޫދޫ ކައުންސިލް މެމްބަރު އިންތިހާބު ކުރުމަށާއި، ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން އިންތިހާބު ކުރަން ބޭއްވި ބައި އިލެކްޝަންގެ އިންތިޚާބެވެެ.
މިއަދު ހެނދުނު 08:00 އިން ފެށިގެން ހަވީރު 16:00 އަށް ކުރިއަށް ގެންދިޔަ މި ބައި އިލެކްޝަންތަކުގެ ތެރެއިން އެމްޑީޕީން ކާމިޔާބުކުރީ މާއުނގޫދޫ އަދި ދަނބިދޫ ބައި އިލެކްޝަނެެވެ. ޕީޕީއެމުން ވަނީ ރަސްމާދޫއާއި ތ. ގުރައިދޫ ބައި އިލެކްޝަން ކާމިޔާބުކޮށްފައެެވެ.
މިއަދުގެ މި ބައި އިލެކްޝަންތަކުގައި ޖުމުލަ ހަ ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.
އެ ހަތަރު ރަށުގެ ބައި-އިލެކްޝަނަށް ޖުމްލަ 3،792 ވޯޓު ކަރުދާސް ޕްރިންޓް ކޮށްފައިވާ ކަަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު