އިންޑިއާގެ ފޮރިން ސެކްރެޓަރީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ
ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވީ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފްގެ ދައުވަތަކަށްކަމަށެވެ.
މިއަދުން ފެށިގެން މިމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި ދެ ގައުމު ގުޅިގެން މިހާރު ކުރަމުންދާ މަސައްކަތްތަކާއި، އިންޑިއާގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއުތައް ކުރިއަށްދާ ގޮތް އޭނާ ބައްލަވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލްއާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި ބައްދަލުކުރައްވާނެއެވެ.
މިއީ މިއަހަރު މަގާމާއި ހަވާލުވެވަޑައިގެންނެވި އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ކިޔުންތެރިންގެ ހިޔާލު