ކުޅުދުއްފުށީ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފިއެވެ.
މިއަދު ހަވީރު 4:25 އެހާއިރު ކުޅުދުއްފުށި ސިޓީގެ އިއޮން ފިހާރަ ކުރިމަތިން މި އެކްސިޑެންޓު ހިނގީ، އަންހެނަކު ދުއްވާފައިދިޔަ ސައިކަލަކާއި ޕިކަޕެއް ޖެހިގެނެވެ.
އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، މަގުގެ އެއްކައިރީގައި އޮތުމަށްފަހު ޕިކަޕު އަނބުރާލުމަށް މަގާވީފަޅިއަށް އެޅިއިރު ފަހަތުން ދެ އަންހެނަކު ދެ ސައިކަލެއްގައި ބާރު ސްޕީޑްގައި ދުއްވާފައި އާދެއެވެ. އަދި އޭގެ ތެރެއިން އެކަކު ދުއްވަން އިން ސައިކަލު ޕިކަޕުގެ އެއް އަރިމަތީ ޖެހި ވަނީ ކޮންޓްރޯލުން ނައްޓައިގެން ގޮސްފައެވެ.
ޕިކަޕް މަގާވީފަޅިއަށް އަނބުރާލީ ސިގްނަލް ދީފައިކަމެއް ވީޑިއޯއަކުން ސާފެއް ނޫނެވެ.
ސައިކަލު ކޮންޓްރޯލުން ނެއްޓި އޭގައި އިން އަންހެން މީހާ ވަނީ ވެއްޓިފައެވެ. ނަމަވެސް، އޭނާއަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއްކަން އަދި ސާފުވާގޮތެއް ނުވެއެވެ.
މި އެކްސިޑެންޓާއި ގުޅިގެން ފުލުހުންނާއި ސުވާލު ކޮށްލުމުންވެސް އަދި ޖަވާބެއް ދީފައެއް ނުވެއެވެ.

ކުޅުދުއްފުށި iON SHOP ކުރިމަތީ މިއަދު ހަވީރު ހިނގި އެކްސިޑެންޓް@PoliceMv pic.twitter.com/SgqlxZK4iB
— AD'DEY (@Addey_33) October 1, 2022
ސައިކަލު ކޮންޓްރޯލުން ނެއްޓި އޭގައި އިން އަންހެން މީހާ ވަނީ ވެއްޓިފައެވެ. ނަމަވެސް، އޭނާއަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއްކަން އަދި ސާފުވާގޮތެއް ނުވެއެވެ.
މި އެކްސިޑެންޓާއި ގުޅިގެން ފުލުހުންނާއި ސުވާލު ކޮށްލުމުންވެސް އަދި ޖަވާބެއް ދީފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު