އެޕަލް ކުންފުނިން އެންމެ ފަހުން ބާޒާރަށް ނެރުނު އައިފޯން 14 ޕްރީ އޯޑަރަށް ގެނެސްދޭ ކަމަށް ބުނެ އިންސްޓަގްރާމްގައި ސްކޭމެއް ހިންގާފައިވާ މައްސަލައެއް ފެންމަތި ވެއްޖެއެވެ.
"އީކޮމާސް އިލެކްޓްރޯނިކްސް މޯލްޑިވްސް (އީއީއެމް)" ގެ ނަމުގައި ހިންގާ އިންސްޓަގްރާމް ޕޭޖުގައި ވަނީ ގިވް އަވޭއަށް ވެސް ފުލް އެޕަލް ޕެކޭޖެއް ދޭނެ ކަމުގެ ޕޯސްޓެއް ކޮށްފައެވެ. އެއާއިއެކު ގިނަ ބަޔަކު ވަނީ އޭގެ ނަސީބު ވެރިއަކަށް ވުމަށް އެ ޕޮސްޓް ޝެއަރކޮށް ވެސް ހަދާފައެވެ. އަދި އެންމެ ފަހުން ނެރުނު އައިފޯން 14 ގެ މޮޑެލް ގެނެސްދޭނެ ކަމަށް ބުނެވެސް ޕޯސްޓެއް ކޮށްފައިވެއެވެ.
އެ ޕޭޖު މެދުވެރިކޮށް އައިފޯން ގަތުމަށް ގިނަ ބަޔަކު ފައިސާ ދެއްކުމުން މި މަހުގެ 3 އަދި 5 ހިސާބުގައި ފޯން ޑެލިވަރީ ކޮށްދޭނެ ކަމަށް އެ ފަރާތުން ބުނެފައި ވެއެވެ. ނަމަވެސް ފަހުން އެއްވެސް ވަރަކަށް އެ ނަންބަރަކަށް ވައިބާ މެދުވެރިކޮށް މެސެޖު ފޮނުވޭ ގޮތް ނުވެފައިވާ ކަމަށް ދައުރުވަމުންދާ ސްކްރީން ޝޮޓުން ވަނީ އެނގިފައެވެ. މި ސްކޭމްގައި މޮބައިލް ނަންބަރެއްގެ ގޮތުގައި ބޭނުން ކޮށްފައިވަނީ 9912523 އެވެ.
ގިނަ އަދަދެއްގެ މީހުން އަތުން ފައިސާ އަތުލުމަށްފަހު، އޭގެ ފަހުން އެ ނަނބަރުން އެއްވެސް މެސެޖަކަށް ޖަވާބު ދީފައި ނުވާ ކަމަށާއި އަދި މިހާރު އެ ނަންބަރު ވެސް ވަނީ ޑީއެކްޓިވޭޓް ކޮށްލާފައި ކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލައާ ގުޅޭ ގޮތުން އަދި ފުލުހުން އިތުރު މައުލޫމާތެއް ހިއްސާ ނުކުރި ނަމަވެސް އެފަދަ މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށާއި އަދި މައްސަލަ މިހާރު ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު