ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ސަރުކާރުން ދީފައިވާ ގިނަ ފްލެޓް ތަކަށް ފްލެޓްތަކަށް ގަވާއިދުން ކުލި ނުދައްކާކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އެމްއޭސީއެލުން އެ ކުންފުނީގެ މުވައްޒަފުންނަށް ހިޔާ ސަރަހައްދުގައި އިމާރާތްކުރި ދެ ޓަވަރުގެ މަސައްކަތް ނިންމައި، އެ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން 31 އިންސައްތައާއި 41 އިންސައްތައާ ދެމެދުގެ އަދަދެއްގެ މީހުން ގަވާއިދުން ކުލި ދައްކަމުން ނުދާ ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ހައުސިންގ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާނަމަ، ފްލެޓްތަކަށް މަހުން މަހަށް ފައިސާ ދައްކަންޖެހޭކަން އަސްލަމް ފާހަގަކުރެއްވިއެވެ.
އަސްލަމް ވިދާޅުވީ މީގެކުރިން 2000 ގެ ކުރީކޮޅު ސަރުކާރުން އަޅާފައިވަނީ 100 އެއްހާ ފްލެޓް ކަމަށާއި އޭރު ފައިސާ ނުދައްކާ މީހުންގެ އަދަދު 40 ޕަސެންޓަށް އެރިޔަސް އެއީ ސަރުކާރަށް މާބޮޑު ބުރައެއް ނޫންކަމަށެވެ. ނަމަވެސް މިހާރު ރާއްޖޭގައި އެތައް ހާހަކުން ފްލެޓްތައް އަޅަމުންދާއިރު 40 އިންސައްތައެއްހާ މީހުން ގަވާއިދުން ފައިސާ ނުދައްކާ ނަމަ އެކަން ސަރުކާރަށް ދެކޮޅު ނުޖެއްސޭނެކަމަށް އަސްލަމް ވިދާޅުވިއެވެ.
ފްލެޓްތައް ލިބުނު ފަރާތްތަކުން ފްލެޓްތަކަށް ފައިސާ ނުދައްކާކަން އަސްލަމް ފާހަގަކުރެއްވިއިރު "ހިޔާ" މަޝްރޫއުން ފްލެޓް ލިބުނު ބައެއް ފަރާތްތައްވެސް ވަނީ ކުލި ބޮޑުކުރުމުން ކުލި ދެއްކުމަށް ދެކޮޅު ހަދާފައެވެ.
ހިޔާ ފްލެޓްތަކުގެ އިތުރުން، މާލެއާއި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށްވެސް ބައެއް ފަރާތްތަކުން ގަވާއިދުން ފައިސާ ނުދައްކާކަން ސަރުކާރުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު