ރައްޔިތުންނަށް ބޭނުންވާ ބައެއް ކަންކަން ނުވެ ހުރި ވާހަކަ ދައްކަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ސަރުކާރުން ރައްޔިތުން ކޮށްދޭ ކަންކަން ގިނަކަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ނިސްބަތްވާ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބުދު ﷲ ވިދާޅުވީ، ރައްޔިތުން ނުވެ ހުރި ކަންތައްތަކުގެ ވާހަކަ ދައްކަނީ މި ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ކަންކަން ނުކޮޮށްދީ ހުރުމުން ނޫން ކަމަށެވެ. އަދި އެއީ މި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަންކަން ގިނަކަމުން ދައްކާ ވާހަަކަ ކަމަށާއި އެ ވާހަކަ ރައްޔިތުން ދައްކަނީ އެކަންތައްތައް ސަރުކާރުން ކޮށްދޭނެ ކަން ޔަގީންވާތީ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެެއްގެ ކަރަންޓް ކެނޑޭ މައްސަލަ ހައްލު ކުރީ މި ސަރުކާރުން ކަމަށާއި ކަރަންޓް ކެނޑޭ ހަދާނެއް ރައްޔިތުންގެ މިއަދު ނެތް ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ގާއިމްކުރަން މަސައްކަތް ކުރަނީ މި ސަރުކާރުން ކަމަށާއި ރައްޔިތުން ބޭނުންވާ އިތުރު ކަންތައްތައް ވެސް ކޮށްދޭނީ މި ސަރުކާރުން ކަމަށް ޔައުގޫބު ވިދާޅުވިއެވެ.
"މިހާރު އެންމެންނަށް އެބައެނގޭ ތިމަންނަމެންނަށް ކުރިން ނުވެ ހުރިކަންކަން ކޮށްދޭން އޮތް ހަމައެކަނި ސަރުކާރަކީ މި ސަރުކާރުކަން އެހެންވީމަ މި ސަރުކާރުގައި މިވެނި ކަމެއް ނުވެ އޮވެއްޖެއްޔާ އެކަމެެއްގެ ވާހަކަ އެބަޖެހޭކަން ދައްކަން، ނުވާ ކަންކަމުގެ ވާހަކަ ރައްޔިތުން މި ދައްކަނީ ކަމެއް ނުކޮށްދީގެނެއް ނޫން، ކަންކަން ކޮށްދޭލެއް ގިނަކަމުން މިވެނިކަމެއް ވެސް ބޭނުންވާތީ އެކަން ވެސް ކުރެވޭތޯ އެ ވިސްނުމުގައި އެ މަގުސަދުގައި ސަރުކާރުގައި އެ ދަންނަވަނީ،" ޔައުގޫބް ވިދާޅުވިއެެވެ.
މީގެ އިތުރުން މަސްވެރިންނަށް މިވަގުތު ދިމާވެފައިވާ މައްސަލަތަކާއި ބެހޭގޮތުން މެމްބަރު ޔައުގޫބް ވިދާޅުވީ މަސްވެރިންނަށް މި ސަރުކާރުންވީ ވައުދުތައް ވެސް ފުއްދާނެ ކަމަށެވެ. އަދި މި ސަރުކާރުން މަސްވެރިންނަށް ދެރަގޮތެއް ނަހަދާނެ ކަމަށާއި މަސްވެރިންނަށް ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށް ޔައުގޫބް ވިދާޅުވިއެވެ.
"އަޅުގަނޑަށް ޔަގީން ކަން އެބައޮތް މި ސަރުކާރުގެ މި ފަސްއަހަރުގެ ތެރޭގައި މަސްވެރިންނަށް އެ ބޭނުންވާ މަސްވެރިން އެ ޑިމާންޑްކުރާ ކަންކަން މަސްވެރިންގެ ހައްގު މަސްވެރިންނަށް ސަރުކާރުން ހޯދައިދޭނެ، ހުވަދޫގެ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން ސަރުކާރުގައި ތިބެމެ އަދި ސަރުކާރުގެ އެކި ވުޒާރާތަކުގައި ހުވަދޫ އަށް ނިސްބަތްވާ މެމްބަރުން ތިބެމެ މަސްވެރިންނަށް ދެރަގޮތެއް ނަހަދާނެ." ޔައުގޫބް ވިދާޅުވިއެވެެ.

ކިޔުންތެރިންގެ ހިޔާލު