އަސާސީ ތައުލީމަށްފަހު ރާއްޖެއަށް އަންނާނެ އެންމެ ބޮޑު ބަދަލު އަންނަމާނީ ދަތުރުފަތުރުގެ ނިޒާމުން ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ހޯރަފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފެށުމަށްޓަކައި މިއަދު ހަވީރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، އަސާސީ ތައުލީމު މަޝްރޫއަކީ ރާއްޖެ އަށް ބޮޑު ބަދަލެއް ގެެނައި މަޝްރޫއެއް ކަމަށެވެ. އެ މަޝްރޫއަށްފަހު ދެން އެންމެ ބޮޑު ބަދަލެއް ރާއްޖެއަށް އަންނާނީ މި ސަރުކާރުން ފަށާފައިވާ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
"މިހާރު މީ ތާރު އެޅުމުގެ ޒަމާން. މިއީ ދަތުފަތުރުގެ ޒަމާން. މިހާރު މީ ގުޅިލާމެހިފައިވާ ރާއްޖެއަކަށް ރާއްޖެ ވާން އުޅޭ ޒަމާން، އަސާސީ ތައުލީމަށްފަހު ރާއްޖެއަށް އަންނާނެ އެންމެ ބޮޑު ބަދަލު ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ރާއްޖެ އަށް އަންނާނެ، އަސާސީ ތައުލީމަކީ ރާއްޖެ އަށް ބޮޑު ބަދަލެއް ގެނެސްދިން ކަމެއް، އަޅުގަނޑު ހަނދާން ހުރޭ އެކަން ހިނގި ހަނދާން." ކުރީގެ ރައީސް މައުމޫންގެ ވެެރިކަމުގައި ހިންގި އަސާސީ ތައުލީމްގެ މަޝްރޫއާ ބެހޭގޮތުން އަސްލަމް ވިދާޅުވިއެވެ.
މީގެ އިތުރުން އަސްލަމް ވިދާޅުވީ، މާލެއަށް މީހުން ޖަމާކުރުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށެވެ. ރައީސް ޔާމިނަށް އިޝާރަތް ކުރަށްވައި އަސްލަމް ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފިނަމަ ރާއްޖޭގެ 70 ޕަސެންޓް މީހުން މާލެ އަށް ޖަމާކުރާނެކަމަށް ކުރީގެ ރައީސަކު ވިދާޅުވި ކަމަށެެވެ. 70 ޕަސެންޓް މީހުން މާލެ އަށް ޖަމާކުރުމުން ރަށްތަކަށް އަޅާލާނީ ކިހިނެތްތޯ އަސްލަމް ވަނީ ސުވާލު ކުރަށްވާފައެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ އެއެއް ނޫން، އަޅުގަނޑުމެންގެ ވިސްނުމަކީ ގަދީމީ ރާއްޖެ އެއް ބިނާކުރުން. އެތައް ޒަމާނެއްވެއްޖެ މިތާގައި ދިރިއުޅެމުންދާތާ މިތާގައި އަޅުގަނޑުމެންގެ މަސް ވަޅުލާފައިވަނީ، މިތަނުގައި އަޅުގަނޑުމެންގެ މައިންބަފައިިން ދިރިއުޅެ ވަޅުލެވިފައިމިވަނީ މިތަންތަން ދެކެ އަޅުގަނޑުމެން ލޯބިވޭ. އެހެންވީމަ މި ތަންތާގައި ދިރިއުޅެން އަޅުގަނޑުމެން ބޭނުންވޭ." އަސްލަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު