ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުންދާ ޒުވާނާ އަދިވެސް ފެނިފައި ނުވާތީ އެކަމާ މެދު ކަންބޮޑުވާކަމަށް މޯލްޑިވްސް ރީފޯމް މޫވްމަންޓް، އެމްއާރުއެމުން ބުނެފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުން ދަނީ ކ. މާލެ / ހ. ބޮނޑިކަނދޮޅުގެ، އުމުރުން 27 އަހަރުގެ މުހައްމަދު އަޒުހާންއެވެ. އަޒްހާން ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ރޭ 19:00ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
އެމްއާރްއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަޒްހާން ނުފެނި ފާއިތުވަމުންދާ ކޮންމެ ދުވަހަކީ އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް މިހާރަށްވުރެ ފުރިހަމަކޮށް ކުރިއަށް ގެންގޮސްދެއްވުމަށް ކަމާބެހޭ މުއައްސަސާތަކަށް އެ ބަޔާނުގައި ގޮވާލާފައިވެއެވެ.
މިމައްސަލައިގައި ފަހުގެ މައުލޫމާތު ހާމަކުރަމުން ފުލުހުން ބުނެފައިވަނީ މިހާތަނަށް ބެލި ބެލުމުން އަޒުހާން ހުޅުމާލެ ފޭސް އެކެއްގައި ހުރި ގެސްޓްހައުސަކުން ކާރެއްގައި ހިޔާ ފްލެޓްގެ 13 ވަނަ ޓަވަރަށް ގޮސް، އެޓަވަރަށް އެރުމަށްފަހު ފަތިހު 4:53 ހާއިރު އެޓަވަރު ކައިރިން ހުދު ކުލައިގެ ޓެކްސީއަކަށް އަރައިގެން ފޭސް އެކެއްގައި އޭނާ ހުރި ގެސްޓްހައުސް ސަރަހައްދަށް އެނބުރި ގޮސްފައިވާ ކަމަށެވެ.
އެ ދެ ކާރުގެ ޑްރައިވަރުން މިހާރު ދެނެގަނެވިފައިވާ ކަމަށާއި އަދި އެންމެފަހުން އަޒުހާން ފެނިފައިވާ ސަރަހައްދު ވެސް ދެނެގަނެވިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެގޮތުން އެ ސަރަހައްދަކީ ފޭސް އެކެއްގެ "ރެޑްބުލް ދަނޑު" ސަރަހައްދު ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން އަޒުހާން ވައިގެ މަގުން ރާއްޖޭގެ އެހެން އަތޮޅަކަށް އަދި ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފައިނުވާކަން މިހާތަނަށް ލިބުނު މައުލޫމާތުތަކުން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަޒުހާން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު އޭނާ އެންމެފަހުން ފެނުނު ކަމަށް ބެލެވޭ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެެވެ.

ކިޔުންތެރިންގެ ހިޔާލު