ރާއްޖޭގެ ހުރިހާ ސުކޫލެއް ގައި 11،12 އަށް ކިޔަވައިދިނުމަކީ ޚަރަދުގެ ގޮތުން ބަލާއިރު ކުރެވޭނެ ކަމެއް ނޫން ކަމަށް އެޑިއުކޭޝަންމިނިސްޓަރު ޑރ.އާއިޝަތު އަލީ ވިދާޅުވެއްޖެއެެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާ އަށް ހާޒިރުވެވަޑައިގެން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ.އާއިޝަތު އަލީ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެެއްގެ ސުކޫލުތަކުގައި 11،12 އަށް ކިޔަވައިދިނުމަކީ ޚަރަދަށް ބަލާއިރު "ފީސިބަލް" ކަމެއް ނޫން ކަަމަށެވެ. އެެހެންކަމުން ސަރުކާރުގެ އަމާޒަކީ ކޮންމެ އަތޮޅެއްގައި ވެސް އެންމެ ކައިރި ސަރަހައްދަކުން 11،12 އަށް ކިޔަވައިދެވޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށް މިނިސްޓަރު ޑރ.އާއިޝަތު އަލީ ވިދާޅުވިއެވެ.

" އަޅުގަނޑުމެން 11، 12 ތައާރަފް ކުރާ ކަމަށް ވެއްޖެއްޔާ ވަރަށް ރަނގަޅު ލެބޯޓަރީ އެއް އެތާގައި ޑިވްލޮޕް ކުރަންޖެހޭ، ވަރަށް ރަނގަޅު މުދައްރިސުން އެތަން ތަނަށް ފޯރުކޮށްދޭންޖެހޭ. އެހެންވީމަ ވީހާ ވެސް އެންމެ ގާތުން ކޮންމެ އަތޮޅެއްގައި 11،12 ކިޔެވޭނެ އިންތިޒާމް ހަމަޖައްސަ ދެވޭތޯ މިހާރު އަޅުގަނޑުމެންގެ ފޯކަސް ހުރީ،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ.ވއާއިޝަތު އަލީ ވިދާޅުވީ، މާލެ ސަރަހައްދުގައި 11،12 އަށް ވަންނަ ކުދިންގެ ޖާގަ އިތުރުކުރުމަށް މަސައްކަތް ތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން އަންނަ އަހަރު އޮގަސްޓް މަހުގެ ތެރޭގައި މާލެ ސަރަހައްދުގައި އަލަށް 11،12 އަށް ވަންނަ ކުދިންގެ ޖާގަ ޑަބަލް ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ސީއެޗްއެސްސީގެ އާ އިމާރަތް ހެދުމުން މިހާރު އެސުކޫލަށް 11،12 އަށް ދާވަރުގެ ޑަބަލް ޖާގަ އިތުރުވެގެންދާނެ، އެހެންވީމަ މިއަންނަ އަހަރުގެ މާޗު މަހަށް ނިންމާލެވޭނެ އެ އިމާރަތް ވެސް. ދެން އަންނަ ދިރާސީ އާއަހަރު މިހާރު ސީއެޗްއެސްސީ އެ ނަގާ ޖާގަ އިތުރުކުރެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން