އަމީނީ މަގުގައި ހުރި ގަސްތައް ކަނޑާތީ އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުމުން، އެމްއެންޕީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް އެކަމަށް ފާޑުވިދާޅުވެއްޖެއެވެ.

ޝަރީފް މިއަދު ވިދާޅުވީ، އަމީނީ މަގުގެ ގަސްތައް ކަނޑާ މައްސަލައިގައި ކުއްލި މައްސަލައެއް މަޖިލިހަށް ވެއްދުނުއިރު ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް އިން ބޭނުންކުރި ޕްލެޓްފޯމް ވިލިމާލެ ފަރަށް އަރައި ފަރު ހަލާކު ކޮށްލި މައްސަލަ ކުއްލި މައްސަލައަކަށް ނުވި ކަމަށެވެ.

އެހެންކަމުން، އަމީނީމަގުގެ ގަސްތައް ކަނޑާތީ ހުށަހެޅި ކުއްލި މައްސަލާގައި، ފަރަށް ގެއްލުން ލިބުނު ވާހަކަ ދައްކާލުން މުހިންމު ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޝަރީފް މިފަދައިން ވިދާޅުވެފައި މިވަނީ، މާލޭގެ އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުން ރޯޑްޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލު ކޮށްގެން މިހާރު ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން، އެ މަގުގައި ހުރި ދުވަސްވީ ބޮޑެތި ހިޔާ ލިބޭ ގަސްތައް ކަނޑާ މައްސަލާގައި، މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފު ކުއްލި މައްސަލައެއް އިއްޔެ ހުށަހެޅުއްވުމާއި ގުޅުވައިގެނެވެ.

މީގެ އިތުރުން މި މައްސަލާގައި ރައީސް މުޙައްމަދު ނަޝީދު ވެސް ވިދާޅުވެފައިވަނީ، ގަސްކެނޑުން ހުއްޓުވުމަށް ކޯޓަށް ވަޑައިގަންނަވަން ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.

ޕްލެޓްފޯމް ފަރަށްއެރުމުން އެކަމާ ގުޅޭގޮތުން ގިނަ ބަޔަކު ސަރުކާރަށާއި ތިމާވެށީގެ މައްސަލަތަކުގައި ކަންބޮޑުވުން ފާޅުކުރަށްވާ މަޖިލީހުގެ މެންބަރުންނަށް ފާޑުކީއިރު ވެސް މިފަދަ ކުއްލި މައްސަލައެއް އެ ފަރާތްތަކުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


3

ޙިޔަލާ އައި ފިޔޮށް.

24-Feb-2023

ނަޝީދުވެސް ވިދާޅުވީ ދޮގުވާހަކައެއް ނޫން. ގަހެއް ހެދިބޮޑުޥެ ހިޔާ ލިބެން ވިއްސަކަށް އަހަރުވޭ! ޢަދި ހަމައެހެންމެ ރަށް ވަށައިގެން އޮންނަ ފަރުން ގާލުއްސައިގެންނާއި ފަޅާއި ގޮނޑުދޮށުން ވެލި ބޭނުންކޮށްގެން އެވޭލާޒަމާނުގައި 70އެއްހާ ރިސޯރޓްތަރައްޤީ ކުރުމާއި ދިރިއުޅެން ގެ އެޅުމުމާއި ލަފާފުރަން ފާލަންވެސް ހެދުމުގެ ތަދު މިހާރު ޒަމާން ބަދަލުވެ އުގެނި އެކަންތައް އެނގުމުންވެސް ފަރެއް ފުނޑުފުނޑުވެ ދިޔައިމާ ދޫތަޅުލައިގެންތިބީ ގަސް ކެންޑުންވެސް ރަގަޅެއްނޫން އެކަންވެސް ބަލަންޖެހޭ ގަހެއްއިންދައިގެން 20 އަހަރުފްހުން އެއިގެ ފޮނިމީރުކަން ލިބުނަސް. ޢެކަމު ފަރާއި ގޮނޑުދޮށް ބޭނުންކުރުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތައް އަދިވެސް ތަހައްމަލްކުރަމުން މިދަނީ. އެކަމުވެސް ހަމަ ހަނުތިބުމަށް ލިބިދޭ ބާރުގެދަށުން ހަނުތިބިކަމީ ހިތާމައެއް.



ޓްރެންޑިން