ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓު ނެރެފިއެވެ.

މެޓު އޮފީހުން މިރޭ ބުނީ ކ. އަތޮޅުން ފެށިގެން ގދ. އަތޮޅުގެ ރަށްތަކާއި ހަމައަށް މިއަދު މޫސުން ގޯސްވާނެ ކަމަށެވެ. އެހެންކަމުން މިރޭގެ 19:15އިން ފެށިގެން މެންދަމު 1:15އާ ހަމައަށް އެ ސަރަހައްދުތަކަށް ވައިޓް އެލަރޓް ނެރެފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެ އިދާރާއިން ބުނީ، އެލަރޓް ނެރެފައިވާ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރު މިނުގައި ވައިޖެހޭނެ ކަމަށް ވެސް ލަފާ ކުރެވޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން