ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަޙްމަދު އަކްރަމާއި ގުޅޭގޮތުން ތަހުގީގު ކުރި ސުލޫކީ މައްސަލަ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން, ޖޭއެސްސީން ނިންމައިފިއެވެ.

އެ މައްސަލައިގެ ނިންމުން އާންމު ކުރަމުން ޖޭއެސްސީން މިއަދު ބުނީ، ޖޭއެސްސީގެ ގާނޫނުގެ ދަށުން އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަޙްމަދު އަކްރަމްގެ ސުލޫކީ މައްސަލަ، ތަހުގީގު ކުރެވި އެމައްސަލަ ސާބިތުނުވާކަމަށް މިއަހަރުގެ ސެޕްޓެންބަރު 25 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ 66 ވަނަ ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.

މި މައްސަލައަކީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު 28 ވަނަ ދުވަހު ތަހުގީގު ކުރުމަށް ނޯޓިސްދީފައިވާ މައްސަލައެކެވެ.

މި މައްސަލަ މިހާ ގިނަ ދުވަސްވަންދެން ނުނިމި އޮތް ސަބަބެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން