ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތުން ބޮޑުތިލަދުންމަތި ރަސްމީކޮށް ގުޅާލުން ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.
ޒޯން އެކެއްގެ ގޮތުގައި އާރުޓީއެލް ފެރީ ނެޓްވޯކްގެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ އެކަމަށްޓަކައި ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙެވެ.
ހައިސްޕީޑް ފެރީގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް ރައީސް ޞާލިޙް ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް، އެ ނިޒާމުގެ ފުރަތަމަ ފިޔަވަހި ނިންމުމަށް އެމްޓީސީސީއާއި އެ މަސައްކަތް ސަރުކާރުން ހަވާލު ކުރީ މިދިޔަ އަހަރުގެ ޖެނުއަރީ 11 ވަނަ ދުވަހުއެވެ.
މި މަޝްރޫއުގެ ފޭސް 1 ގެ ދަށުން، ޒޯން 1 ގެ ހއ. ހދ. އަދި ށ. އަތޮޅަށް މިހާރުވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް ސްޕީޑް ފެރީގެ ހިދުމަތް ދޭން ފަށާފައެވެ. އަދި މި މަޝްރޫއުގެ ފޭސް 2 އަދި ފޭސް 3ގެ ދަށުން، ބާކީ 17 އަތޮޅަށް ހިދުމަތް ދޭންފެށި މުޅި ރާއްޖެ ކަނޑު ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލަން ހަމަޖެހިފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ފެރީގެ ހިދުމަތަށް ޒަމާނީ 13 ފެރީ މިވަގުތު ދަނީ ބޭނުން ކުރަމުންނެވެ.
މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، ބޮޑުތިލަދުންމަތީގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުނު ނަމަވެސް މާނަވީ ބަދަލެއް ފެންނާނީ މުޅި ރާއްޖެއަށް އެ ހިދުމަތް ފުޅާކޮށްގެން ކަމަށެވެ.
އެގޮތުން މުޅިރާއްޖޭގެ ހުރިހާ ރަށެއް ގުޅާލުމަށް ބޭނުންވާ އިތުރު 65 އެފަދަ ޒަމާނީ އުޅަނދު، ބަނުމުގެ ކޮންޓްރެކްޓް ހަވާލުކޮށް އެމަސައްކަތް ކުރަމުން ގެންދާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި އާރުޓީއެލްގެ އުޅަނދު ފަހަރުން، މުޅިހުވަދޫ އެކުގައި އަމުނާ ގަތާލުމަށް ކުރަންޖެހޭ ކަންކަން ފެށިއްޖެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު