މާނަވީ ބަދަލެއް ފެންނާނީ ހަމަހަމަކަމާ އެކު މުޅި ރާއްޖެއަށް އާރުޓީއެލް ފެރީގެ ނިޒާމްގެ ޚިދުމަތް ފުޅާކޮށްގެން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
އާރުޓީއެލްގެ ހިދުމަތް ރަސްމީކޮށް އިފްތިތާޙު ކުރުމަށް މިރޭ ހއ. ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ، ބޮޑުތިލަދުންމަތީގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފެށުނު ނަމަވެސް މާނަވީ ބަދަލެއް ފެންނާނީ މުޅި ރާއްޖެއަށް އެ ޚިދުމަތް ފުޅާކޮށްގެން ކަމަށެވެ.
އެގޮތުން މުޅިރާއްޖޭގެ ހުރިހާ ރަށެއް ގުޅާލުމަށް ބޭނުންވާ އިތުރު 65 އެފަދަ ޒަމާނީ އުޅަނދު، ބަނުމުގެ ކޮންޓްރެކްޓް ހަވާލުކޮށް އެމަސައްކަތް ކުރަމުން ގެންދާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި އާރުޓީއެލްގެ އުޅަނދު ފަހަރުން، މުޅިހުވަދޫ އެކުގައި އަމުނާ ގަތާލުމަށް ކުރަންޖެހޭ ކަންކަން ފެށިއްޖެ ކަމަށެެވެ.
ހަމަ ހަމައެއާއެކު، އާރްޓީއެލް އީކުއެޓާ ހުރަސްކޮށް، ފުވައްމުލަކާ އައްޑޫ، އަދި ހުވަދޫ އެކުގައި ގުޅުވާލެވޭނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރަށްތައް ކިތަންމެ ގިނަވި ނަމަވެސް އެޚިދުމަތް ދޭން ބޭނުންވާ އުޅަނދު ތަކުގެ އަދަދު މައްޗަށް ދިޔަޔަސް އެކަމުގައި ސަރުކާރަށް ފަސްޖެހި ލަސްކުރެވެން ނެތް ކަމަށެވެ.
"ސަބަބަކީ ބޮޑުތިލަދުންމައްޗަށް ގެނެވުނު މިބޮޑު ބަދަލު، ހަމަހަމަ ކަމާއެކު، މުޅިރާއްޖެއަށް ނުގެނެސް، މާނަވީ ބަދަލެއް، ރާއްޖެއަށް އަންނާން ނެތުން،" ރައީސް ސާލިޙު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްރަށުން ގެއްލިގެން ދިޔަ ތަނަވަސްކަމާއި ފުދުންތެރި އަމިއްލަ އިޤުތިޞާދު އަލުން އިޢާދަކުރުމުގެ ބޮޑު ބަދަލު ފެށެނީ އާރް.ޓީ.އެލްގެ ވިއުގައިން ކަމަށެެވެ. ގެއްލިދިޔަ އެތަނަވަސްކަމާ، ފުދުންތެރި އަމިއްލަ އިޤުތިޞާދު، ރާއްޖޭގެ ހުރިހާ ރަށަކާ، އަތޮޅަކަށް އަންނަން ޖެހޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަށްރަށުގެ މެދުގައި އޮތް ދުރުކަމާ، ހުސްކަމާ ފޫހިކަން، މަޑުމަޑުން ނައްތައިލާނެ ވަޞީލަތަކީ، ދެއިރު ދެދަޅައަށް ލަފާ ފުރައިގެންދާ، އާރް.ޓީ.އެލް ފެރީ ކަމުގައި ވެގެންދާނެ ކަމަށެެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ހދ. ހަނިމާދޫ އެއާޕޯޓަށް ގެންނަ ޒަމާނީ ތަރައްގީ އާއި އާރްޓީއެލްގެ އަރާމު ފެރީގެ ނިޒާމުގެ ސަބަބުން ބޮޑު ތިލަދުންމައްޗަށް ނައިސް ދުނިޔެއަކަށް ނޯވެވޭނެ ކަމަށެވެެ. ރައީސް ސާލިޙު ވިދާޅުވީ ހަނިމާދޫ އެއާޕޯޓަށް، ދެންވާނީ ކުރިން ވީގޮތް ނޫން ކަމަށެވެ.
އެގޮތުން އެ މަޝްރޫޢަށް ބޭނުންވާ، 2.1 ބިލިއަން ރުފިޔާ ހަމަޖެހިފައިވާއިރު ކޮންޓްރެކްޓްގައި ސޮއިކޮށް މަސައްކަތް ޙަވާލުކުރެވިފައިވާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެެވެ. ރައީސް ވިދާޅުވީ ހަނިމާދޫގައި މިހާރު އޮތް 1.2 ކިލޯ މީޓަރުގެ ރަންވޭ، ދެން ބަދަލުވާނީ 2.46 ކިލޯމީޓަރުގެ ރަންވޭ އަކަށް ކަމަށެވެެ.
އެއީ އޭޝިއާގެ އިރުމައްޗާ، ދެކުނު އިރުމަތީ އޭޝިއާއިން، ސީދާ ފްލައިޓް އޮޕަރޭޓް ކުރެވޭނެ ރަންވޭއެއް ކަމަށާއި، އަދި މެދުއިރުމައްޗާ، އިރުމަތީ އެފްރިކާ، ބޮޑު ތިލަދުންމައްޗާ ގުޅުވައިދޭނީ އެ ރަންވޭއިން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މިރޭ ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ދުނިޔޭގެ ހުރިހާ ދިމާލަކާ ގުޅުވާލާނެކަމަށާއި ބޭނުންވަނީއަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޒަމާނީ ޓާމިނަލެއް، އަލުން އިމާރާތް ކުރަން ކަމަށެެވެ.
ރައީސް ވިދާޅުވީ އެ ޕްރޮޖެކްޓް ހިންގަނީ ޖަޒީރާ ވަންތަ، ވިޔަވަތި ދިރިއުޅުމެއް އެ ސަރަހައްދުގެ 41 ރަށަށް ހޯދައިދިނުމަށް ކަމަށާއި އެ މަޝްރޫއު ވެގެންދާނީ ބޮޑުތިލަދުންމައްޗަށް ގެނެވޭ ބޮޑު ބަދަލަކަށް ކަމަށެެވެ. އަދި މިފަހަރު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ނަން ބޯޑް ހަރުކުރާނީ ތަރައްގީކޮށް ނިންމައި އެންމެ ފަހުން ކަމަށް ވެސް ރައީސް ސާލިޙު ވިދާޅުވިއެވެ.
މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ދިއްދޫ ރައްޔިތުންގެ ފަރާތުން، ޙާއްޞަ ހަނދާނީ ފިލައެއްވެސް އަރުވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް ހަނދާނީފިލާ އެރުއްވީ، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު، ޢަބުދުﷲ ވަޙީދެވެ.
އާރް.ޓީ.އެލްގެ ޒޯން 1ގެ ޚިދުމަތް ރަސްމީ ގޮތުން މިރޭ އިފްތިތާޙްކޮށްދެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ، އާރް.ޓީ.އެލް ސްޕީޑް ފެރީގައި، މިއަދު ހަވީރު، ހއ. އުތީމުން ހއ. ދިއްދޫއަށް ދަތުރުފުޅު ކުރައްވާފައެވެ.
"އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފޭސް 1 ގެ ދަށުން، ޒޯން 1 ގައި ހިމެނޭ، ހއ. ހދ. އަދި ށ. އަތޮޅަށް މިހާރުވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް ސްޕީޑް ފެރީގެ ޙިދުމަތް ފަށާފައެވެ. މި ޒޯންގައި ބޭނުންކުރާ އާރް.ޓީ.އެލް ފްލީޓްގައި ޒަމާނީ 13 ފެރީ މިވަގުތު އޮތް އިރު، މި ޒޯނުގެ 41 ރަށަށް، ހަމަ ކޮންމެ ދުވަހަކުވެސް ދަތުރުތައް ކުރާނެއެވެ.
ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ސްޕީޑް ފެރީގެ ޚިދުމަތް މުޅިރާއްޖޭގައި ފެށިގެންދާއިރު، ރާއްޖޭގެ 188 ރަށުގައި ފެރީ ޓަރމިނަލްތައް ޤާއިމްކޮށް، މުޅިރާއްޖޭގައި ޚިދުމަތް ދިނުމަށް 82 ސްޕީޑްފެރީ އުޅަނދެއް ދަތުރުތަކުގައި ބޭނުންކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

President @ibusolih inaugurates Zone 1 of the @RTLnetwork. Zone 1 of RTL connects 41 islands in the Bodu-Thiladhunmathi region with a high-speed ferry service. pic.twitter.com/iMQcrvS2gE
— The President's Office (@presidencymv) September 27, 2022

ކިޔުންތެރިންގެ ހިޔާލު