މާލޭގެ އަމީނީމަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރޭގައި އެ މަގުގައި ހުރި ބޮޑެތި ގަސްތައް ކަނޑާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފެވެ.
އޭނާ މިއަދު ހުށަހެޅި މި މައްސަލާގައި ބުނެފައިވަނީ، މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަކީ އެމްޑީޕީގެ ވައުދެއް ކަމަށާއި އެއީ ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި ވަރަށް ބޮޑަށް އިސްކަން ދީފައިވާ ކަމެއް ކަމަށެވެ. ނަމަވެސް، އަމީނީމަގުގައި ހެދިފައިވާ ބޮޑެތި ބައެއް ގަސްތައް މިހާރުވެސް ކަނޑާފައިވާކަން ފާހަގަކޮށް އެއީ ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއްކަމަށް، މަޖިލީހަށް ހުށަހެޅި މައްސަލާގައި ބުނެފައިވެއެވެ.
އެ މައްސަލާގައި އިތުރަށް ބުނީ، އެ މަގުގައި މިހާރު މަސައްކަތް ކުރާ ހިސާބުގައިހުރި ގަސްތައް ކަނޑާފައިވާކަމަށާއި އަދި ކުރިއަށް އޮތްތާގައި މަގުހަދާ ހިސާބުތަކުގައިހުރި ގަސްތައްވެސް އެގޮތަށް ކަނޑާނެތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި އަމީނީމަގު ހެދުމުގައި ޖުމުލަ ނަގާނީ ކިހާ ގަހެއްތޯވެސް އެއީ ރައްޔިތުން ކުރާ ސުވާލެއް ކަމަށާއި އަދި ގަސް ނުކަނޑާ މަގު ނުހެދެނީތޯ ވެސް ރައްޔިތުން ސުވާލު އުފައްދާކަމަށް ބުނެފައިވެއެވެ.
އެހެންކަމުން އަމީނީމަގުގައި ގަސްތައް ނުކަނޑާ ހުރި ހިސާބުތަކާއި މާލޭގެ އެހެން މަގުތައްވެސް ރަނގަޅު ފެންވަރަށް ހަދާއިރު ގުދުރަތީ ރީތިކަމާއި ހިތްފަސޭހަކަން ނުގެއްލޭގޮތަށް އަދި ހާއްސަކޮށް ގަސްތައް ނުކަނޑާ މަގު ހެދުމުގެ މުހިންމުކަން ސަރުކާރަށް އަންގައިދިނުމުގެ ގޮތުން މި މައްސަލަ މަޖިލީހަށް ހުށަހެޅީކަމަށް، އެ މައްސަލައިގެ ލިޔުމުގައި ބުނެފައިވެއެވެ.
އަމީނީމަގު ހެދުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން ހަވާލު ކުރީ އާރްޑީސީއާއެވެ. އެ ކުންފުނިން މިފަހުންވަނީ އެ މަގުގައި މަސައްކަތް ކުރާ ހިސާބުގައިހުރި ގަސްތައް ކަނޑާފައެވެ. އެކަން ދިފާއުކުރަމުން އެ ކުންފުނިން ބުނީ، ގަސްތައް ނުކަނޑާ މަގުހެދުން ކުރިއަށް ގެންދެވެން ނެތްކަމަށާއި، ގަސް ކެނޑިނަމަވެސް އެގަސްތަކުގެ ބަދަލުގައި ގަސް އިންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު