ބޮޑުތިލަދުންމަތީގައި ޓޫރިޒަމް ތަރައްގީ ކުރަން ދެން އިންވެސްޓަރުން ހޯދަންނުޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ހއ. އުތީމުގެ އާ އިންޖީނުގެ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިމޭއިރު އެ ސަރަޙައްދަށް ޓޫރިޒަމް ފައްކާވެ ފުޅާވުމަށް ޖާގަ ލިބިގެންދާނެ ކަމަށެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ ބޮޑު ތިލަދުންމަތީގައި 8،000 އެނދު ތަރައްގީކުރުން ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. އެމަނިކުފާނު، ވިދާޅުވީ ބޮޑު ތިލަދުންމައްޗަށް ބޮޑު ބަދަލެއް އަންނަކަން ލަސްތަކެއްނުވެ ފެނިގެންދާނެ ކަމަށެވެ.
"އަޅުގަނޑު ހިތުން މި ސަރަޙައްދުގައި ޓޫރިޒަމް ޑިވެލޮޕް ކުރާނޭ އިންވެސްޓަރުން ދެން ހޯދާކަށް ނުޖެހޭނެ. އެންމެބޮޑު މައްސަލައަކަށް ވެފައި އޮތީ އެއަރޕޯޓުގެ ދަތިކަން. އެއާ އެކުގައި، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ފަސޭހަގޮތެއް ނެތުން. އެހެން ނަމަވެސް، މި ގެނެވޭ ތަރައްޤީއާ އެކީގައި، ބަދަލުތަކާ އެކީގައި އަޅުގަނޑު ހިތުން މުޅި ބޮޑު ތިލަދުންމައްޗަށް ބޮޑު ބަދަލެއް އަންނަކަން ލަސްތަކެއްނުވެ ފެނިގެންދާނެ.،" ރައީސް ސާލިޙު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސްގެ ދެއްކެވި ވާހަކަފުޅުގައި ބޮޑުތިލަދުންމަތީގެ 40 ރަށް އެކީގައި ގުޅާލެވުމާ އެކު ދަތުރުފަތުރަށް ކުރިން ކުރަމުން ދިޔަ ހަރަދު އެތައް ގުނައެއް ކުޑަވެފައިވާ ކަން ވަނީ ފާހަގަކުރަށްވާފައެވެ. އުތީމަށް ހުރި މަޝްރޫއުތައް ނިމުމުން އެ ރަށަށް އެކަނި ބެލިޔަސް އިގްތިސާދީ ބޮޑު ބަދަލެއް އަންނާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު