ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެމްޓިސީސީން ދެމުންގެންދާ އާރްޓީއެލް ފެރީގައި ދިއްދޫއަށް މިއަދު ވަޑައިގެންފިއެވެ.
ބޮޑުތިލަދުންމައްޗަށް ކުރަށްވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދިއްދޫ އަށް ވަޑައިގަތީ މިއަދު ހަވީރުއެވެ. ރައީސް ހއ. އުތީމުން އެއަތޮޅު ދިއްދޫއަށް އާރްޓީއެލް ފެރީގައި ވަޑައިގަތީ އާރްޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބާއްވާ ޚައްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށެވެ.
ރައީސް ދިއްދޫއަށް ވަޑައިގަތުމުން އެރަށުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބަނދަރު ސަރަހައްދަށް އެއްވެ އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާ އެއް ދަންނަވާފައެެވެ.
އާރްޓީއެލް ފެރީ ނިޒާމަކީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ފަސޭހައިން ހެޔޮ އަގުގައި ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި މަޝްރޫއެެކެވެ.
އެމްޓިސީސީން މިހާތަނަށް އާރްޓީއެލް ފެރީގެ ހިދުމަތް ފަށާފައިވަނީ ހއ އަތޮޅާއި ހދ އަދި ށ އަތޮޅުގައެވެ. ޒޯން އެކެއްގައި ހިމެނޭ މި ތިން އަތޮޅުގެ ހުރިހާ ރަށަކަށް ފެރީގެ ހިދުމަތް ލިބޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

Raees @ibusolih Boduthiladhunmahchah kurahvaa dhathuru therein Ha.Utheemu ▶️ Ha.Dhidhdhoo ah @RTLnetwork Ferry ga #BoduBadhalu pic.twitter.com/Mfyw8U6DhM
— Hisko (@HiskoMan) September 27, 2022
ރައީސް ދިއްދޫއަށް ވަޑައިގަތުމުން އެރަށުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބަނދަރު ސަރަހައްދަށް އެއްވެ އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާ އެއް ދަންނަވާފައެެވެ.
އާރްޓީއެލް ފެރީ ނިޒާމަކީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ފަސޭހައިން ހެޔޮ އަގުގައި ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި މަޝްރޫއެެކެވެ.
އެމްޓިސީސީން މިހާތަނަށް އާރްޓީއެލް ފެރީގެ ހިދުމަތް ފަށާފައިވަނީ ހއ އަތޮޅާއި ހދ އަދި ށ އަތޮޅުގައެވެ. ޒޯން އެކެއްގައި ހިމެނޭ މި ތިން އަތޮޅުގެ ހުރިހާ ރަށަކަށް ފެރީގެ ހިދުމަތް ލިބޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު