އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން މިއަންނަ ހަފްތާގެ ބުރާސްފަތި ދުވަހު، ދ. ކުޑަހުވަދުއަށް ވަޑައިގެންނެވުމަށް ނިންމަވައިފިއެވެ.
ރައީސް ޔާމީނުގެ މި ދަތުރުފުޅާއި ގުޅޭގޮތުން ޕީޕީއެމުން ބުނީ މި ދަތުރުފުޅުގައި އެމަނިކުފާނު ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ އިތުރުން އެ ރަށުގައި ޕީޕީއެމްގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް މެންބަރުންގެ އަދަދު އިތުރުކުރުމުގެ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަވާނެ ކަމަށެވެ.
މީގެ އިތުރުން ބުރާސްފަތިދުވަހުގެ ރޭ އެ ރަށުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޖަލްސާއެއް އޮންނާނެ ކަމަށް ވެސް ޕީޕީއެމުން ބުނެފައިވެއެވެ.
މިއީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެމަނިކުފާނު ކަނޑައެޅި ފަހުން އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަދި ޖަލުހުކުމުން ސަލާމަތްވެވަޑައިގެން "އިންޑިއާ އައުޓް" ހަރަކާތުގައި ރަށްރަށަށް ކުރެއްވި ދަތުރުތައް ނިންމަވާލެއްވި ފަހުން ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ކިޔުންތެރިންގެ ހިޔާލު