ދިވެހިރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ހުއްޓާލެވޭކަށް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ކުޑައެއް ބޮޑެއްނެތި، ރާއްޖޭގެ ހުރިހާ ރަށަކަށް ޖަޒީރާ ދިރިއުޅުން ކަށަވަރުކޮށް ދިނުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ.
ރައީސް ވިދާޅުވީ ޞިއްޙަތާ، ތަޢުލީމާ، އާމްދަނީއަށް ވާޞިލުވެވޭނެ، އަވަސް އަދި ފަސޭހަ މަގުތަށް ކޮށާ އަލިކުރުމަށް ފަށާފައިވާ މަސައްކަތް ހުއްޓާނުލެވޭނެކަމަށެވެ. އަދި އެއީ ސަރުކާރަށް އޮތް އިހްތިޔާރެއް ނޫންކަމަށާއި އެކަމަށް ހުރިހާ ރައްޔިތުންގެ ތާއީދާއި އެއްބާރުލުން ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ.
"މިނިވަންކަމާ، ސިޔާދަތާ، އަމިއްލަވަންތަކަން ދެމެހެއްޓުމަށް، ފުރަތަމަ އެނގެން ޖެހެނީ، އަމިއްލަ ތާރީޚު. ތިމާމެންނަކީ ކޮންތާކު، ކިހިނެއް ދިރިއުޅުނު، ކޮންބައެއްކަން އެނގެންޖެހޭ. ތާރީޚާ، ސަގާފަތާ، އާސާރުތައް ދެމެހެއްޓެން ޖެހޭ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ތާރީޚާ، ސަޤާފަތް ދިރުވާ އާލާކޮށް ދެމެހެއްޓުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދެއްކަމަށެވެ. އަދި މުޅިރާއްޖޭގެ ހުރިހާ ހިސާބެއްގާ ހުރިތާރީޚީ އާސާރުތަށް ޙިމާޔަތްކޮށް ރައްކާތެރި ކުރުމަކީ، ރާއްޖެއަށްޓަކާ ކުރާންޖެހޭ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ވަކި ސިޔާސަތަކާއެކު، ސަރުކާރުން ދަނީ އެ މަސައްކަތް ކުރަމުންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދުނިޔޭގައި ހިނގާ އެކިބާވަތުގެ އޮއިވަރު މިއަދު ތަފާތުކަމަށާއި ޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހިވެ، ބައިނަލްއަޤްވާމީ ދުނިޔެއާ އެއްސަފުގައި ރާއްޖެ ފައިހަމަ ކުރަންޖެހޭކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު