މިއަދު ފެންނަ އިޖްތިމާޢީ ބޮޑެތި ހުރިހާ މައްސަލަ ތަކެއްގެ ފެށުން ގުޅެނީ، ޤައުމިއްޔަތުގެ ސިފަތަކާ އޮތްގުޅުން ކުޑަވުމާއި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިހެން ވިދާޅުވީ މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ޤައުމިއްޔަތަކީ އެތެރޭގާ އުފެދި، ހެދި ބޮޑުވެ، ޒަމާން ތަކަކުން އާރުލާ އަޚްލާގާއި ރިވެތި އުޅުމާއި ސުލޫކްކަމަށެވެ. އަދި އެބައެއްގެ މެދުގައި އާލާވެފައި އޮންނަ، ރަނގަޅު ގޮތާ ފޮތަކީވެސް ޤައުމިއްޔަތުކަމަށް ރައީސް ވިދާޅުވިއެވެ.
"ޤައުމިއްޔަތަކީ، ޤައުމުދެކެ ވާ ލޯބި. ވަށައިގެންވާ މާހައުލުގައިވާ، ކޮންމެ އެއްޗަކާ ދިރުމަކަށްޓަކާ، ހިތުގާ އޮންނަ ކުލުނު." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިން ރާއްޖެ އަންނާން ފެށިތާ 50 ވަނަ އަހަރު ފުރޭއިރު މެހެމާންދާރީއާ އޯގާތެރިކަމާއި ހިތްހެޔޮ ބަޔަކަށް ނުވިނަމަ، ދުނިޔޭގެ އެންމެ މަޤްބޫލު ޓޫރިސްޓް މަންޒިލްކަމުގައި ރާއްޖެ ނޯންނާނެކަމަށެވެ.
ރައީސް ވިދާޅުވީ ގައުމީ ދުވަސް އެ ބޭފުޅަކަށް ނިސްބަތްވާ ބޮޑު ތަކުރުފާނު ކުރައްސަވައި ދެއްވި ޤައުމިއްޔަތުގެ ޗާޓުން ދައްކަނީ މެހެމާނުންނަށް ކަމޭ ހިތާ އިޙްތިރާމްކޮށް އޯގާތެރިވުންކަމަށެވެ. އަދި ރާއްޖެއަށް ލާބަ ހުރި ކޮންމެ ކަމެއްގައި، އެތަކުރުފާނު އިސްކުރެއްވީ ޚާރިޖީ ސިޔާސަތަކީ ޤައުމިއްޔަތުގެ ބައެއްކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއަދު ފެންނަ އިޖްތިމާޢީ ބޮޑެތި ހުރިހާ މައްސަލަ ތަކެއްގެ ފެށުން ގުޅެނީ، ޤައުމިއްޔަތުގެ ސިފަތަކާއި އޮތްގުޅުން ކުޑަވުމާއިކަމަށެވެ. އަދި ބޮޑުތަކުރުފާނު އަމާންކުރެއްވި ކަނޑުތައް ނާމާންކުރާ މަސްތުވާތަކެއްޗާ، ވަގުވިޔަފާރިއަށް މަގުފަހިކުރުމަކީ ދިވެހި ޤައުމިއްޔަތެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުޑައެއް ބޮޑެއްނެތި، ރާއްޖޭގެ ހުރިހާ ރަށަކަށް ޖަޒީރާ، ފަސޭހަ ދިރިއުޅުން ކަށަވަރުކޮށްދިނުމަކީ އިހު އޮތް ދިވެހި ޤައުމިއްޔަތު އަލުން އަނބުރާ ދިރުވުންކަމަށެވެ. އަދި ޞިއްޙަތާ، ތަޢުލީމާ، އާމްދަނީއަށް ވާޞިލުވެވޭނެ އަވަސް އަދި ފަސޭހަ މަގުތައް ކޮށާ އަލިކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތް ނުނިންމާ ދޫކޮށްލުމަކީ ސަރުކާރަށް އޮތް އިޚްތިޔާރެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެ މަސައްކަތުގައި ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންގެ ތާއީދާ އެއްބާރު ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
ދިވެހިރާއްޖޭގެ ގައުމީ ދުވަސް ނިސްބަތްވަނީ އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމަށެވެ. ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ 1 ވަނަ ދުވަހެވެ.
މިދުވަސް ފާހަގަކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު