ސިނަމަން ހަކުރާ ހުރާ؛ މިހާރު ވަނީ މޮނިޓަރިން ހާލަތުން އާދައިގެ ހާލަތަށް ބަދަލުކޮށްފައި
ސިނަމަން ހަކުރާ ހުރާ؛ މިހާރު ވަނީ މޮނިޓަރިން ހާލަތުން އާދައިގެ ހާލަތަށް ބަދަލުކޮށްފައި
ސިނަމަން ހަކުރާ ހުރާ، ސޭންޑީޒް ބަތަލާ، އަނަންތަރާ ދިގު އަދި ކްލަބް މެޑް ކަނިފިނޮޅުގެ މޮނިޓަރިންގެ ޙާލަތު ނިމުމަކަށް ގެނަސް އެ ރަށްތައް އާއްމު ޙާލަތަށް ބަދަކުކޮށްފިއެވެ.

އެޗްޕީއޭ އިން މިރޭ ކުރި ޓްވީޓެއްގައި ވަނީ، ކޯވިޑް-19 އަށް ޝައްކުކުރެވޭ ޢަލާމާތްތައް ހުރެގެން ސިނަމަން ހަކުރާ ހުރާ، ސޭންޑީޒް ބަތަލާ، އަނަންތަރާ ދިގު އަދި ކްލަބް މެޑް ކަނިފިނޮޅުން ނެގި ސާމްޕަލްތަކުގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ. އެހެންކަމުން އެ ރަށްތަކުގެ މޮނިޓަރިންގެ ހާލަތު ނިމުމަކަށް ގެނެސްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް 13 މީހުން ފެނިފައިވާއިރު، އޭގެ ތެރެއިން 5 މީހުން ވަނީ ރަނގަޅުވެފައެވެ. އެހެންކަމުން ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 8 މީހެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން