ކޮވިޑް19 އާއި ގުޅިގެން ދިމާވި އިގުތިސާދީ ދަތި ހާލަތުގައި ވެސް، ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުއްޓާނުލުމަށް ރައީސް އެންގެވި ކަމަށް، އެފަދަ މަޝްރޫއުތައް އެންމެ ގިނައިން ކުރިއަށް ގެންދާ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޙަސަން ޝާޙް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝާހް ވިދާޅުވީ، ކޮވިޑާ ގުޅިގެން އައި ގޮންޖެހުމާއި ގުޅިގެންވެސް، ރައްޔިތުން ގައިންތާހިރުކަންމަތީ ބޭތިއްބުމަށް ރައީސް ދިޔައީ ހާއްސަ އިސްކަމެއް ދެއްވަމުން ކަމަށެވެ. އަދި އެ ހާލަތުގައި ވެސް ފެނާއި ނަރުދަމާގެ މަޝްރޫއުތައް ގުރުބާން ނުކުރައްވާ، އެ މަސައްކަތްތައް ކުރެވެން އޮތް ގޮތަކަށް ކުރިޔަށް ގެންދިޔުމަށް ރައީސް އެންގެވިކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން އެ މަސައްކަތްތައް ކުރިއަށްދާގޮތް ބެއްލެވުމަށް ސީދާ ރައީސް ޞާލިޙް ޗެއަރ ކުރައްވާގޮތަށް، މަހަކު އެއްފަހަރު ބައްދަލުވުންތައް ބާއްވަވަމުން ގެންދަވާކަމަށް ވެސް ޝާޙް ވިދާޅުވިއެވެ.
ޝާޙް ވިދާޅުވީ، ރައީސް ޞާލިޙް ބޭނުންފުޅުވަނީ، އާބާދީ ކުޑައެއް ބޮޑެއް ނުބައްލަވާ، ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތް ހުރިހާ ރަށަކަށް ވެސް ފޯރު ކޮށްދިނުމަށް ކަމަށެވެ. އެގޮތުން އެމްޑަބްލިއުއެސްސީން ވެސް 33 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް އެކި ސްޓޭޖްގައި އެބަ ކުރާ ކަމަށާއި އަދި މި ސަރުކާރުން ހަވާލުކުރި 4 ރަށެއްގެ މަސައްކަތް ނިމި ޕްލޭނިންގ މިނިސްޓްރީއާއި ހަވާލު ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝާޙްގެ އިންޓަވިއުގައި ވަނީ، ފެނާއި ނަރުދަމާގެ ހިދުމަތް ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތަފުސީލު މައުލޫމާތުތައް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު